ފާއިތުވި ނޮވެމްބަރު މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި އެކި ރަށްރަށުން 110 ގެއަކަށް 1.1 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނީ ނޮވެމްބަރު މަހުގެ ނިޔަލަށް ވިއްސާރައިގައި ގެއްލުން ލިބިގެން ދިހަ ރަށަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން 110 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިގެން ފޯމްތައް ހުށަހަޅާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
ގެއްލުން ލިބުނު ރަށްތައް؛
1. ދ. ބަނޑިދޫ 2
2. ދ. ހުޅުދެލި 1
3. ގދ. މަޑަވެލި 3
4. ހދ. ނެއްލައިދޫ 1
5. ނ. މާފަރު 1
6. ރ. ރަސްމާދޫ 1
7. ސ. ފޭދޫ 2
8. ޅ. ކުރެންދޫ 97
9. ސ. ހުޅުދޫ 1
10. ސ. މަރަދޫ 1
ރާއްޖެއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ތެރޭގައި ހިފާ ގެންގުޅޭ ތަކެއްޗަށާއި، އިމާރާތަށް ލިބުނު ގެއްލުމުގެ ޖުމްލަ އަގު 1.1 މިލިއަނަށް އަރައެވެ.
އެންޑީއެމްއޭއިން ބުނީ މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޅ. ކުރެންދޫއަށް ކަމަށެވެ.
އެ އޮތޯރިޓީން ބުނީ ވިއްސާރައިގެ ސަބަނުން ލިބުނު ގެއްލުންތައް ވަޒަން ކުރެވި، "ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީދިނުމާއި ބެހޭ ގަވާއިދު"ގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު