އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް މުޙައްމަދު
އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް މުޙައްމަދު
މީހެއްގެ އަތުގައި އޮންނަ ރަންގަނޑެއް އަތުލުމަށްފަހު ލަކުޑިގަނޑެއް ދިނުމަކީ ފޭރުންކަމަށް ވިދާޅުވެ މިސަރުކާރުގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހަައްމަދު، ސަން ސިޔާމް ފާޑު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ސިޔާމް މިއަދު ވިދާޅުވެފައިވަނީ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކުރުމަކީ ފޭރުން ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މީހެއްގެ ޙަލާލު މުދާ ގަދަކަމުން ފޭރި ނުގަނެވޭނެ ކަމަށާއި ނަމަވެސް މަޖުބޫރުކޮށްފިނަމަ އެކަން ކުރަންޖެހޭނެ ކަމަށްވެސް ސިޔާމް ވަނީ ވިދާޅުވެފައެވެ.

ސިޔާމް ވިދާޅުވީ ސަރުކާރުގެ ޑޮލަރު ސިޔާސަތުގެ ސަބަބުން ހަލާކުވާނީ ދިވެހިންގެ ވިޔަފާރިތައް ކަމަށެވެ. ހަމައެއާއެކު މީހެއްގެ އަތުގައި އޮތް ރަންގަނޑެއް މަޖުބޫރުން އަތުލުމަށްފަހު ލަކުޑިގަނޑެއް ދިނުމަކީ ފޭރުންކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި މުސްތަޤުބަލުގައި މުވައްޒަފުންނަށް ދިވެހި ރުފިޔާއިން މުސާރަދޭން ޖެހިއްޖެނަމަ އެކަމުގެ ގެއްލުންވާނީ އެންމެންނަށްކަން ސިޔާމް ފާހަގަ ކުރެއްވިއެވެ.

“އަޅުގަނޑުގެ ހަލާލު ފައިސާއެއް ނޫންތޯ އެއީ. ކިހިނެއްތޯ އަޅުގަނޑުގެ އަތުގައި އޮތް އެއްޗެއް އަތުލަން ދިމާކުރަނީ. އެއަށް ކިޔާނީ ފޭރުން.” ސިޔާމް މިއަދު ވިދާޅުވިއެވެ.

ހަމައެއާއެކު ސިޔާމް ވަނީ ކޮރަޕްޝަނާއި ވައްކަން ނުހުއްޓުވޭ ނަމަ ކިތަންމެ ވަރަކަށް ޓެކްސް ނެގިޔަސް އިގުތިސާދު ރަނގަޅުނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކުރެވޭނީ ވައްކަމާއި އިސްރާފު ހުއްޓާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭގެއިތުރުން ސިޔާމް މިއަދުވަނީ ސަރުކާރުން ޓެކްސް ބޮޑުކުރުމަށް ނިންމި ނިންމުމަށްވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޓެކްސް ބޮޑުކުރުމާއި ގުޅިގެން ދުރާލައި ވިއްކާފައިހުރި ބުކިންތައް ކެންސަލް ކުރަން ފެށުމުން އެ ފައިސާ އަމިއްލައަށް ދައްކަންޖެހުނު ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

“ވަރަށް ބައިވަރު ކެންސަލް ކުރި. ކެންސަލް ކުރާލެއް ގިނަކަމުން އޮބި ނޯވެގެން މި ބުނީ ތި ލާރި އަޅުގަނޑުމެން އަމިއްލައަށް އޮބްޒަރވް ކުރާނަމޭ.” ފަތުރުވެރިކަމުގެ ސިނާއަތަށް ލޮޅުންއަރާ ކަންތައްތައް ކުރާއިރު ވިސްނަން ޖެހޭކަން ފާހަގަ ކުރަށްވަމުން ސިޔާމް މިއަދު ވިދާޅުވެފައިވެއެވެ.

ސިޔާމް މިއަދު މިހެން ވިދާޅުވެފައިވާއިރު މީގެ ކުރިންވެސް ސިޔާމް ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގަމުންދާ ޓެކްސްތައް މަދު ނޫން ކަމަށެވެ. އަދި ދުނިޔޭގެ އެކި ވިޔަފާރިތަކުން ރާއްޖެއަަށް އިންވެސްޓްކޮށްފައިވަނީ އެކި ފީސިބިލިޓީ ސްޓަޑީޒް ހަދައިގެން ކަމަށް ސިޔާމް ވިދާޅުވެފައިވެއެވެ.

ނަމަވެސް އެކި ސަރުކާރުތަކުން ޕްލޭނެއްނެތި ޓެކްސް ބޮޑުކުރުމުން އިޤްތިޞާދަށް ދެންވާނެ ގޮތަކާމެދު ވިސްނަން ޖެހޭ ކަމަށް ސިޔާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން