ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުން ޢުމްރާއަށް ފޮނުވަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އިތުރު ޙާފިޡަކަށް އެ ފުރުސަތު ދީފިއެވެ.
މި ފަހަރު އުމްރާ ދަތުރު ދިނީ ގއ. ދެއްވަދޫ، އަސްވާޑް، އަލްޙާފިޡާ ޝަބީނާ އާދަމަށެވެ. އޭނާ އަކީ ވުޒާރާއިން މި ދަތުރުގައި ފޮނުވާ ފަސްވަނަ ޙާފިޡެވެ. އުމްރާ ދަތުރުގެ ލިޔުން އަލްޙާފިޡާ ޝަބީނާ އާދަމް އާ ހަވާލުކޮށްދެއްވީ އިސްލާމިކް ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ޙާފިޡުންނަށް އުމްރާ ދަތުރުދޭން ފެށި މަޝްރޫއުގެ ދަށުން ކުރިން އެ ފުރުސަތު ލިބުނީ އަލްޙާފިޡް ޢަލީ ރައީފް އާއި އަލްޙާފިޡް އާސިރު ޢާރިފް ޔޫސުފްގެ އިތުރުން އަލްޙާފިޡް އަޛިން މުޙައްމަދު އަދި އަލްޙާފިޡާ ސަޚިއްޔާ ޢަބްދުލްޣަނީ އަށެވެެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ޙާފިޡުންނަށް ޢުމްރާ ދަތުރު ދެމުން އަންނަނީ ދީލަތި ފަރާތްތަކުން ލިބޭ އެހީތެރިކަމުގެ ތެރެއިން ކަމަށެވެ.
ޤުރުއާން ހިތުދަސްކުރާ ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫއުއެއް ވުޒާރާއިން ފައްޓަވާނެކަން އިއުލާންކުރީ މި އަހަރު ބޭއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު