1300 ފޫޓުގެ އެސްޓްރޮއިޑެއް ދުނިޔެއާ ވަރަށް ގާތުން ދަތުރު ކުރަމުންދާ ކަމަށް ނާސާއިން ބުނެފިއެވެ.
އީޓައިމްސް ގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މި އެސްޓްރޮއިޑު މިމަހު ދުނިޔެއާ ގާތުން ދަތުރު ކުރާނެ ކަމަށް ބެލެވޭ ކަމަށާއި، އަދި އެއިން ދުނިޔެއަށް ގެއްލުމެއް ވޭތޯ ބެލުމަށް ސައިންސުވެރިން ވަރަށް ގާތުން ބަލަމުން ދާ ކަމަށެވެ.
އެގޮތުން މިހާރު ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު މި އެސްޓްރޮއިޑު ދަތުރު ކުރަމުންދަނީ ކޮންމެ އެއް ގަޑިއިރެއް ތެރޭ 44،000 ކިލޯމީޓަރުގެ ދުވެލީގައެވެ. މި އެސްޓްރޮއިޑުގެ ދުވެލި ބާރުވެ ސައިޒުން ބޮޑުވީނަމަވެސް މީގެ ސަބަބުން ދުނިޔެއަށް އެއްވެސް ގެއްލުމެއް ނުވާނެކަމަށް ސައިންސުވެރިން ވަނީ ބުނެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި އެސްޓްރޮއިޑު ދުނިޔެއާ ގާތުން ދަތުރު ކުރާނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. އަދި މި އެސްޓްރޮއިޑު ދުނިޔެއާ ވަރަށް ގާތުން ފެނުނު ކަމުގައި ހީވާނަމަވެސް މީތި ފެންނާނީ 5.5 މިލިއަން ކިލޯމީޓަރު ދުރުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި އެއްޗެހީގެ ސަބަބުން ދުނިޔެއަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބޭތޯ ބެލުމަށް ނާސާއިން އަބަދުވެސް މިފަދަ ބޮޑެތި އެސްޓްރޮއިޑުތަކަށް ވަރަށް ގާތުން ނަޒަރު ހިންގައެވެ. މިއީ ވަރަށް މަދުން ފެންނަ ކަމަކަށް ވީއިރު، މިފަދަ ބޮޑެތި އެސްޓްރޮއިޑުތައް ފެންނަނީ 5 އަހަރު ނުވަތަ 10 އަހަރުން އެއް ފަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު