ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ އައްޑޫ ސިޓީ ގަމަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ހާމަކޮށްފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނަައިން ވާރޭވެހުން ރަށްތައް މެޓުން އާންމު ކޮށްފައިވާއިރު، ގަމަށް 79.1 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ސ. ހިތަދޫއަށެވެ. އެއީ 49.7 މިލިމީޓަރުގެ ވާރޭއެެވެ.
ފާއިތުވެދިޔަ 24 ގަޑިއިރު ބޯކޮށް ވާރޭވެހުނު ސަރަހައްދުތައް:
* ސ. ގަން - 79.1 މިލިމީޓަރުގެ ވާރޭ
* ސ. ހިތަދޫ - 49.7 މިލިމީޓަރުގެ ވާރޭ
* ގދ. ފަރެސްމާތޮޑާ - 12.5 މިލިމީޓަރުގެ ވާރޭ
* ގއ. ގެމަނަފުށި - 12.4 މިލިމީޓަރުގެ ވާރޭ
* ޏ. ފުވައްމުލައް - 9.5 މިލިމީޓަރުގެ ވާރޭ
މިއަދު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަ ކުރާނެ ކަމަށް މެޓުން ހާމަކުރެއެވެ. އެހެންނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެ ކަމަށް އެ އިދާރާ އިން ލަފާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު