ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ކުރުމަށް އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނާ އޮފް ރިފޯމްގެ މަގާމަށް މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސުން ކުރި އިއުލާނެއްގައި ބުނީ ކޮމިޝަނާ އޮފް ރިފޯމްގެ މަގާމަށް މީހަކު ހޯދަނީ، އިކޮނޮމިކް ރިފޯމް އޮފީހުގެ މަސައްކަތްތައް ހަލުވި ކުރުމަށް ކަމަށެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނީ މި މަގާމުގެ މަސައްކަތް ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާމްސް އޮފް ރިފަރެންސް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާނެ ކަމަށެވެ.

މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން އަށެއް ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ފޮނުވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ނޭޝަނަލް އައި.ޑީ. ކާޑާއި، ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އަދި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުމަށްވެސް މިނިސްޓްރީން އެދިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން