ކުޑަކުދިންގެ ހައްގުގައި ކުރި މުޒާހަރާއެއްގެ ތެރެއިން--
ކުޑަކުދިންގެ ހައްގުގައި ކުރި މުޒާހަރާއެއްގެ ތެރެއިން--
ދަރިވަރުންތަކެއް ގްރޫމްކުރި ކަމަށް ބުނާ ޓީޗަރުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި އެވެ.

މެދު ރާއްޖެތެރޭގެ ރަށެއްގެ ސްކޫލެއްގައި ކިޔަވައިދޭ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާއި ނުގުޅޭ ވާހަކަ ދައްކައި ގްރޫމްކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

އެ މައްސަލައިގައި މިދިޔަ އޮކްޓޫބަރު މަހު ވަނީ 29 އަހަރުގެ ފިރިހެނަކު ހައްޔަރުވެސްކޮށްފަ އެވެ.

އަދި ދެ ދެފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު ޖަހައިދީފައިވާ އިރު އޭނާ މިހާރުވެސް ހުރީ ބަންދުގަ އެވެ.

ފުލުހުން ބުނީ އޭނާގެ މައްޗަށް ދައުވާކުރަން ޕީޖީއަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.

ކުޑަކުދިންނާ ބެހޭ ގާނޫނުގެ ދަށުން ގްރޫމްކުުރުން ނުވަތަ ކުއްޖާގެ ބޮލަށްއެރި ހައްލާލައި އިތުބާރު ހޯދައިގެން ކުއްޖާގެ އުމުރާ ނުގުޅޭ ވާހަކަދައްކައި އަދި އަތްލައި ޖިންސީ ގުޅުން ހިންގުމަށް މަގުފަހިކޮށް ހެދުމަކީ ޖިނާއީ ބޮޑު ކުށެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން