ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ސިއްހީ ވުޒާރާއިން ކުރިޔަށް ގެންދާ ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ސިއްޙީ ވުޒާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިއްޙަތާ ބެހޭ ވަޒީރު ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމަށް މާސްޓަރ ޕްލޭން އެކުލަވާލަނީ ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާއާއި ގުޅިގެން ކަމަށެވެ. އަދި މިކަމުގައި ކަމާބެހޭ އިދާރާތަކުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޢަބްދުﷲ ނާޒިމް އިބްރަހީމް ވިދާޅުވީ މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ކައުންސިލްތަކުން އިސްނަގައިގެން ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ހިންގާ ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން އެހީވަމުން ގެންދާނެ ކަމަށެވެ.

ސަރުކާރުން ވަނީ ދަފަރާގެ ނަމުގައި ދުންފަތާ ދެކޮޅު ކެމްޕޭނެއްވެސް ފަށާފައެވެ. މި ކެމްޕެއިން މިހާތަނަށް ނ، ތ، ލ، އަދި އައްޑު އަތޮޅުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރޭވުންތެރިކަމާއި ނަތީޖާ ލިބޭނެ އަދި ދެމެހެއްޓެނިވި ގޮތަށް ކުރިއަށް ގެންދިއުމަށް މި ޕްލޭން އެކުލަވާލުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި ސަރުކާރުން އަންނަނީ ދުންފަތް ކޮންޓްރޯލްކުރުމަށް މުހިންމު އަދި ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން