ކެފޭތަކުގެ މަނާ ސަރަަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރާނަމަ އެ ތަންތަނުގެ ހުއްދަ ބާތިލު ކުރެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލުގައި ބުނީ މިހާރުވެސް ކެފޭ ރެސްޓޯރެންޓްތަކުގެ ވަކި ސަރަަހައްދުތަކެއްގައި ސިނގިރޭޓު ނުބޮވޭގޮތަށާއި އަދި ޖޫރިމަނާ ކުރެވޭ ގޮތަށް އުސޫލު ކަނޑައަޅާފައި އޮތް ނަމަވެސް އެކަން ތަންފީޒު ނުކުރެވޭ ކަމަށެވެ.
އެހެންވެ އެކަމާމެދު އަޅާނެ ފިޔަވަޅާ ގުޅޭ ގޮތުން ނޫސްވެރިޔާ ސުވާލުކުރިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަމަށް ޖަހާފައި އޮއްވާ އެ ކިޔަން އެނގޭ ބޮޑު މީހަކު ގޮސް އެކަން ކުރާއިރު އެތަނުގައި ހުންނަ ބޮޑު މީހާ އެކަން ނުހުއްޓުވުމަކީ އަޅުގަނޑުމެން ސުވާލުކުރަން ޖެހޭ ކަމެއް ކަމަށެވެ.
އަދި ތަންފީޒުކުރަންޖެހޭ ކަންކަން އަބަދުވެސް ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް ދުންފަތުގެ ގާނޫނަށް ގެނައި އިސްލާހުން މި ފަހަރު އެކަމަށް ހައްލެއް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ކެފޭ ރެސްޓޯރެންޓްތަކުގައި އެކަންކަން ކުރުމުން އެ ތަންތަން ހިންގާ ފަރާތްތައް އާ ގާނޫނުން ޒިންމާ ކުރެވޭނެ ކަމަށް ހަސަން ވިދާޅުވިއެވެ.
އޭގެ އިތުރުން ކުރާ ޖޫރިމަނާތައް ނުދެއްކުމުން ކެފޭތަކާއި ރެސްޓޯރެންޓްތައް ދޫކޮށްފައި ހުންނަ ހުއްދަ ބާތިލް ކުރުމުގެ ފުރުސަތު މިހާރު ގާނޫނުން އެބައޮތް ކަމަށް ހަސަން ވިދާޅުވިއެވެ.
"އޭގެ އިތުރުން އެ ވަރުން ވެސް އެތަން އިސްލާހު ނުވެއްޖެ ނަމަ އެ ތަނަށް ދޫކޮށްފައި އޮތް ވިޔަފާރީގެ ހުއްދަ ވަގުތީ ގޮތުން ހުއްޓުވައި ވަކި ހިސާބަކުން ބާތިލް ވެސް ކުރުމުގެ ފުރުސަތު އެބައޮތް،" ހަސަން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު