އާޓިފިޝަލް ބީޗްގައި މިއަދު މާރާމާރީ ހިންގި ބިދޭސީންގެ މައްސަލަ ބަލަން ފަށައިފިއެވެ.

މިއަދު އިރުއޮއްސުނު ވަގުތު އާޓިފިޝަލް ބީޗްގައި ތިބި އިންޑިއާއަށް ނިސްބަތްވާ ބިދޭސީންތަކެއްގެ މެދުގައި ވަނީ ވަރަށް ގަދައަށް ޒުވާބު ހިނގާފައެވެ.

އަދި އެ ޒުވާބުތައް ހޫނުވެ މާރާމާރީއަކަށް ބަދަލުވެ އެކަކު އަނެކަކު ގަޔަށްއަތްލާ ހަދާފައިވެއެވެ. އަދި އެ ތަނުގައި އެވަގުތު ހުރި ކުޑަކުއްޖަކަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން އެ ސަރަހައްދަށް ދިޔައިރު މާރާމާރީ ހިންގި މީހުން އެ ސަރަހައްދުން ވަނީ ގޮސްފައެވެ.

މި މައްސަލައާއި ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވިދާޅުވީ، މިއަދުގެ އިރުއޮއްސުނު ވަގުތު އާރޓިފިޝަލް ބީޗް ސަރަހައްދުގައި މާރާމާރީ ހިންގައި އާންމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންގެ މައްސަލަ ޓާސްކް ފޯހުން މިހާރު ބަލަމުންދާ ކަމަށެވެ.

އަދި މިކަމުގައި ޝާމިލުވެފައިވާ ބިދޭސީންނަށް ފިޔަވަޅުއަޅާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށް ވެސް ޝަމްއާން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން