އަންނަ ހަފުތާގެ ތެރޭގައި އެކައުންޓިން ދާއިރާގެ ބޮޑު ފޯރަމެއް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ) އިން ބުނީ "އައިއެފްއާރްއެސް އެންޑް އައިއެސްއޭ ފޯރަމް" ގެ ނަމުގައި ބާއްވާ މި ފޯރަމް އޮންނާނީ މި މަހުގެ 15 ގައި ކަމަށެވެ.
އިންޓަނޭޝަނަލް ފައިނެންޝިއަލް ރިޕޯޓިން ސްޓޭންޑަޑްސް އާއި އިންޓަނޭޝަނަލް ސްޓޭންޑަޑްސް އޮން އޮޑިޓިން އާގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް މި ފޯރަމުގައި ހިއްސާކުރެވޭނެ ކަމަށް މިކަން އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.
މި ފޯރަމުގައި ބޭރު ޤައުމުތަކުގެ އެކައުންޓިންގެ ދާއިރާގެ ތަޖުރިބާކާރުން މައުލޫމާތުދީ ތަމްރީން ސެޝަންތައް ނަގައިދޭނެއެވެ.
ފޯރަމް ބާއްވަން ހަމަޖެހިފައި ވަނީ ހުޅުމާލޭގައި ހުންނަ ޢުމަރު ޒާހިރު ބިލްޑިންގްގަ އެވެ. މި ފޯރަމަށް 300 އެއްހާ މީހުން ވަނީ ރެޖިސްޓްރީވެފައެވެ.
މިއީ މި ފޯރަމް ބާއްވާ ތިން ވަނަ އަހަރެވެ. އެގޮތުން މީގެ ފުރަތަމަ ފޯރަމް ބޭއްވީ 2022 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު