މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑުގައި ހިމެނޭ ދެ މެންބަރުން މިއަދު މަގާމުން ވަކިކޮށްފި އެވެ.
މަގާމުން ވަކި ކުރި ދެ މެންބަރުންނަކީ އައްސަދު އަލީ އަދި މުހައްމަދު ޝަހުދީ އަންވަރެވެ. އެއީ ޕްރައިވެޓް ސެކްޓާ ތަމްސީލު ކުރަން އެ ބޯޑަށް އައްޔަންކޮށްފައިވާ ދެ ބޭފުޅުން ކަން ފާހަގަކުރެވެއެެވެ.
އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީގެ ބޯޑަށް ދޭތެރެ ދޭތެރެއިން އަބަދުވެސް ބަދަލުތައް ގެންނަ ކަމަށެވެ. އެހެން ނަމަވެސް އައްސަދު އާއި އަންވަރު ވަކިކުރި ސަބަބެއް މަރުކަޒީ ބޭންކުން ހާމަކޮށްފައެއް ނުވެއެވެ.
އައްސަދަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މަގާމު އަދާކުރަށްވާ ބޭފުޅެކެވެ. މަޝްހޫރު ލޯޔަރެއް ކަމަށްވާ ޝަހުދީ އަންވަރަކީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަންގެ މަގާމު ފުރުއްވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު