އއ. ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައި ދެއްވާނެކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އަތޮޅުތެރެއަަށް މިއަދު ފެއްޓެވި ދަތުރުފުޅުފައި ތޮއްޑޫއަށް ވަޑައިގެން އެމަނިކުފާނު މިއަދު ވިދާޅުވީ ބޭނުންފުޅުވަނީ ރައްޔިތުންނާ ގާތުން ތަފާތު ކުރުމެއް ނެތި ހަމަހަމަ ކަމާއެކު ބޭންކިންގެ ހިދުމަތް ލިބޭނެ ގޮތް ގާއިމުކުރުން ކަމަށެވެ.
ތޮއްޑޫއަކީ ގެސްޓު ހައުސްގެ ވިޔަފާރީގައި ފާހަގަކޮށްލެވޭ ރަށެކެވެ.
އެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ތޮއްޑޫއަަކީ ޑޮލަރުން ބޮޑު އާމްދަނީއެއް ވަންްނަ ރަށެއް ކަމަށެވެ. އެހެންކަމުން ތޮއްޑޫގައި ތިބެގެން ޑޮލަރު ނެގޭނެ ގޮތް ވާން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ޑޮލަރު އޭޓީއެމެއް އިރާދަ ކުރެއްވިއްޔާ (މި ރަށުގައި) ގާއިމުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ގެސްޓު ހައުސްގައި މާލެ ސަރަހްދުން އެންމެ ފާހަަގަކޮށްލެވޭ ކ. މާފުށީގައި މިހާރުވެސް ޑޮލަރު އޭޓިއެމެއް ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު