މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި 1.3 ބިލިއަން ރުފިޔާގެ ޑުރަގްސް ނައްތާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ ދެ އަތޮޅެއްގެ ރަށްތަކަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އއ. ރަސްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށެވެ. އަދި އެކަމަށް ޙައްލު ހޯދުމަށްޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނެއް ހުށައަޅާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިއަދު ވިދާޅުވީ މަޖިލީހުގައި އޮތް މަސްތުވާތަކެތީގެ ގާނޫނު ފާސްވުމުން، ރައްޔިތުންނާ ގުޅިގެން ޑުރަގުގެ ޒަމާންވީ މައްސަލައަށް ހައްލެއް ހޯދޭނެ ކަމަށެވެ.
މި ސަރުކާރުން މަސްތުވާތަކެތީގެ މައްސަލަ ޙައްލު ކުރުމުގައި ހޯދާފައިވާ ކާމިޔާބީތައް ޙިއްސާ ކުރަށްވަމުން ރައީސް މިއަދު ވިދާޅުވީ މިހާތަނަށް 153 ބިދޭސީން ޑުރަގާއެކު ހައްޔަރުކޮށް ޑީޕޯޓްކޮށްލާފައިވާ ކަމަށާއި އެއީ 2023 ވަނަ އަހަރަށްވުރެ ދެ ގުނަ އިތުރު އަދަދެއް ކަމަށެވެ. އަދި ފުލުހުންގެ ތެރޭގައި ޑުރަގުގެ މައްސަލަތަކަށް ހިތްވަރު ދޭ ނުވަތަ ކޮމްޕްރޮމައިޒްވެފައި ތިބި މީހުން މިހާރު ނުތިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި 655 ކިލޯގެ ޑްރަގް ނައްތާލާފައިވާ ކަމަށާއި އެއީ މަގުމަތީގެ އަގަށް ބަލާއިރު 1.3 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށެވެ.
ހަމައެއާއެކު އެ މުއްދަތުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ 13،000 އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކޮށްފައިކަންވެސް ރައީސް މިއަދު ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު