ޙަޤީޤީ ކުރިއެރުމާއި ތަރައްޤީއަކީ ލޯ ކުރިމަތިން ފެންނަން އޮތް އެއްޗެއް އެކަނި ނޫން ކަމަށާއި، މުޖުތަމަޢުގައި ހުރި މައްސަލަތަކަށް ޙައްލު ލިބުންވެސް އެކަމުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ.
ރައީސް މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އއ. ރަސްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
މިޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޮޑުވެފައިވާ މައްސަލަތަކަށް ޙައްލު ހޯދުމުގެ މަސައްކަތް މިހާރު ސަރުކާރުން ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ރޭވުންތެރިކަން ހުރީ ތަރައްޤީގެ ކަންކަން ކުރަމުން، ކުރީގެ ސަރުކާރުތަކުން ފަސޭހައަކަށް ދޫކޮށްލާފައިވާ ބޮޑެތި މައްސަލަތަކަށް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ އެ ކަމެއް ޙައްލުވުމަށް ރައްޔިތުން އިންތިހާއަށް އެދިއެދި ތިބި، އެހެން ނަމަވެސް ކުރީގެ ސަރުކާރުތަކުން ދޫކޮށްލާފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޑްރަގް ނުވަތަ މަސްތުވާތަކެތީގެ މައްސަލަކަމަށެވެ. އެގޮތުން ޑްރަގްގެ ވަބާގައި ޤައުމު ޖެހި، އެ ކަމުގެ ތެރޭގައި 30، 40 އަހަރު ފާއިތުވެ ގޮސްފައި ވާ ކަމަށާއި، އެކަން ޙައްލު ވުމުގެ ބަދަލުގައި، މި މައްސަލަ ހައްތަހާ ދިޔައީ ބޮޑުވަމުން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މީގެސަބަބުން ކޮންމެ ޢާއިލާއެއް، ކޮންމެ ރަށެއް އަދި ކޮންމެ މުޖުތަމަޢެއްގައި މައްސަލަ އިތުރަށް ގޯސްވެފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ޑްރަގްގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެކަމުން ދުރުކޮށް، ޒުވާނުންނަކީ މަސްތުގެ ވަބާއިން ސަލާމަތްވެފައިވާ، ބިނާކުރަނިވި ބަޔަކަށް ހެދުމަކީ މިސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މި ކަމަކީ، ކޮންމެ ރަށަކަށްވެސް މުހިންމު ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ ބޭރު ދުނިޔެއަށް ޤައުމުގެ ރީތި ނަން އިޝްތިހާރުކޮށްގެން ހޯދާ އާމްދަނީއަށް އިންތިހާއަށް ބަރޯސާވެފައިވާ ޤައުމަކަށް ވާއިރު، އެކަން ދެމެހެއްޓެން އޮތީ މި ޤައުމަކީ ސުލްހައާއި ހަމަޖެހުން ޤާއިމުވެފައިވާ، ރައްކާތެރި އަދި އަމާން ޤައުމަކަށް ހެދިގެން ކަމަށެވެ. އަދި މިކަން ހާސިލުވާން އޮތީ މަސްތުގެ ވަބާއިން ދުރަށްޖެހިގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ފާއިތުވީ އަހަރު ދުވަހުގެ ތެރޭގައި، މިރޮގުން ގިނަ މަސައްކަތްތަކެއް އަދުގެ ސަރުކާރުން ކުރައްވާފައިވާކަން ފާހަގަކުރަށްވައި ރައީސް ވަނީ އޭގެ ބައެއް ތަފާސް ހިސާބުތަށް ހާމަކުރަށްވާފައެވެ.
ރައީސް ވިދާޅުވީ ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި 655 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެވުނު ކަމަށެވެ. އަގުގެ ގޮތުން ބަލާނަމަ އަދުގެ ސަރުކާރުން އަތުލައިގަތް މަސްތުވާތަކެތީގެ މިންވަރު 1.3 ބިލިއަން ރުފިޔާއަށް އަރާކަމަށާއި، މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައި 153 ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މަސްތުވާތަކެތީގެ މައްސަލައަށް ޙަޤީޤީ ޙައްލެއް ހޯއްދަވައިދެއްވުންކަމަށެެވެ. އަދި އެކަމަށް ފުރުޞަތު ފަހިކޮށްދޭނެ ބިލެއްވެސް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މިކަމުގައި ދާއިމީ ނަތީޖާއެއް ނެރުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރަށްވާފައެވެ. ރައީސް ވިދާޅުވީ އެކުގައި މަސައްކަތް ކުރެވެމުންދާނަމަ ދެން ފެންނާނީ ޤައުމުގައި ހުރި މިފަދަ ބޮޑެތި މައްސަލަތައް ޙައްލުވާ މަންޒަރު ކަމަށެވެ.
"ތަރައްޤީ އަކީ ހަމައެކަނި ލޯ ކުރިމަތިން ފެންނަ އިމާރަތް އެކަންޏެއް ނޫން، ހަޤީޤީ ކުރިއެރުމަކީ އެ އިމާރާތް ވެސް އެޅިފައި މުޖުތަމަޢުގެ ތެރޭގައި ހުރިކަންކަމަށް ވެސް ހައްލު އައިސް ފިކުރީ ގޮތުން ވެސް ތަރައްޤީ އައިސް ބިނާކުރަނިވި މުޖުތަމަޢު އެއް ފުދުންތެރި މުޖުތަމަޢު އެއް ޤާއިމުވެގެން ދިޔުން، އެތަރައްޤީ ގެންނަން ވަށާޖެހޭ ހަޤީޤީ މާނައިގައި ތަރައްޤީ ގެންނަން އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑު ހިތުން ރައްޔިތުން ވެސް ބޭނުންވާނީ އެގޮތް، ސިޔާސީ އޮއިވަރުގައި ނުޖެހި ޤައުމީ ވިސްނުމުގައި އަމިއްލަ ސިކުނޑިން ވިސްނައި އެންމެން އެކަތިގަނޑަކަށްވެގެން މިހިރަ މުހިންމު ކަންކަމުގައި އެގޮތަށް ކުރިއަށް ދިޔުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު