ޤާނޫނު އަސާސީގެ ދިފާޢުގައި ރައްޔިތުން ނުނިކުމެއްޖެނަމަ ގެއްލޭ އެތި މާބޮޑުވެދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް މިއަދު ވިދާޅުވެއްޖެއެެވެ.
ގާނޫނު އަސާސީގެ ދިފާޢުގައި ކަމަށްބުނެ އެމްޑީޕީން ބާއްވާ ޖަލްސާ އާއި ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް އެޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވީ ޤާނޫނު އަސާސީގެ ދިފާޢުގައި ދިވެހި ރައްޔިތުން ނިކުންނަންޖެހޭ ކަމަށެވެ. އަދި ޤާނޫނު އަސާސީގެ ދިފާޢުގައި މިއަދު ނުނުކުމެއްޖެނަމަ ގެއްލޭ އެތި މާބޮޑުވެދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ސަރުކާރުން މިނިވަން މުވައްސަސާތަކާއި މަޖިލީހުގެ މެމްބަރުންގެ ބާރުވެސް ކަނޑުވާލާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންގެ ބާރު ކަނޑުވާލުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން މާދާމާރޭ ބާއްވާ ޖަލްސާއަކީ އެކަންކަމުގެ ކަންބޮޑުވުން ސަރުކާރާއި މުވައްސަސާތަކާއި މަޖިލީހުގެ މެމްބަރުންނަށާއި އެންމެހައި ރައްޔިތުންނަށް ހިއްސާކޮށް އަޑުއުފުލުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ. އަދި މިޖަލްސާއަށް ދިވެހި ރައްޔިތުން ބައިވެރިވެ ހިތްވަރު ދިނުމަށާއި ސިޔާސީ ޕާޓީތަކުންނާއި މަދަނީ ޖަމިއްޔާތަކުން މި ޖަލްސާގައި ބައިވެރިވުމަށް ފައްޔާޒު ވަނީ ގޮވާލައްވާފައެވެ.
"އެނގިވަޑަައިގަންނަވާނެ މިއަދު އަޅުގަނޑުމެން މިކަން ދޫކޮށްލައިފިނަމަ މާދަމާ އަދި އަޅުގަނޑުމެންނަށް ގެއްލޭ އެތި ބޮޑުވެގެންދާނެ، އެހެންވީމާ ކޮންމެހެން ވެސް އަޅުގަނޑުމެންގެ މި ފެށޭ ހަރަކާތްތަކުގައި ވީހާ ގިނަ މިކަންކަން ގަބޫލުކުރާ ބޭފުޅުން ބައިވެރިވުމަށް އަޅުގަނޑު ގޮވާލަން، ހަމައެއާއެކު ދިވެހި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާ ތަކާއި އަދިވެސް މިކަންކަމުގެ ކަންބޮޑުވުން ހުރި އެންޖީއޯ ތަކުން އަޅުގަނޑުމެން މިޖަލްސާގައި ބައިވެރިވެ އަޑުއުފުލުމުގައި ބައިވެރިވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" ފައްޔާޒު ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ ދިފާޢުގައި އެމްޑީޕީން ބާއްވާ ޖަލްސާ އޮންނާނީ މާދަމާރޭ ކާނިވާ ސަރައްދުގައެވެ.

ކިޔުންތެރިންގެ ހިޔާލު