އަންނަ އަހަރަކީ ކޮންމެ ރަށަކަށް ވެސް ޚާއްސަ ކަންކަން އެ ރަށެއްގައި ކޮށްދޭ އަހަރަކަށް ވެގެންދާނެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މާލެއަތޮޅު ހިންމަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަންނަ އަހަރު މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ތަރައްޤީ ގެނެސްދެއްވާނެ ކަަމަށެވެ. އަދި ތަރައްޤީ އާއެކު ރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލްވާ މުހިންމު ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"މިހާރު މިވަނީ އެގޮތަށް ވަރަށް ގިނަ މަަައްސަލަތަކަށް ހައްލުކުރުމުގެ އަމަލީ މަސައްކަތް ފަށާފައި، އެހެންވީމާ ކުރިއަށް އަހަރު ވެގެންދާނެ އިރާދަކުރެއްވިއްޔާ އަޅުގަނޑު ތަޞައްވަރެއް ކުރަހާލާނަމަ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލުވާ މުހިންމު ބޮޑެތި މައްސަލަތަށް ހައްލުކުރުމާއި ކޮންމެ ސޮސައިޓީއަކާއި ކޮންމެ ރަށަކަށް ކޮންމެ ކޮމިއުނިޓީއަކަށް މުހިންމު އެރަކަށް ޚާއްސަ ކަންކަން ކޮށްދިނުމަށް އަދި އެއާއެކު އަޅުގަނޑުމެންގެ އިޤްތިޞާދު ހަރުދަނާކޮށް މިހާރު މި ގާއިމްކުރެވުނު ބިންގަލުގެ މަތީގައި ފައިސާ ޗާޕްނުކޮށް އިގްތިސާދު ފުޅާކޮށް ގައުމަށް މުއްސަނދިކަން ގެނެސްދިނުމުގެ ސިޔާސަތު ތަންފީޒުކުރަން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ބަޖެޓް އެންމެ ފުރަތަމަ ތަރުތީބުކޮށްފައިވަނީ ފެނާއި ނަރުދަމާ އެޅުން ކަމަށާއި އެކަން ފުރިހަމަވެފައި ހުރި ރަށްތަކުގައި މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކާއި ރަށްރަށަށް ބޭނުންވާ މުހިއްމު ކަންކަން ފުއްދުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓާއެކު ރައްޔިތުން އެދޭ ކަންކަމަށް އަމަލީ ސިފަޖެހޭނެ ކަމަށެވެ. އަދި އަންނަ އަހަރު އެންމެ އިސްކަމެއް ދޭނީ ގެދޮރު ބިނާކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރު ވެގެންދާނީ ރާއްޖޭގައި އެންމެ ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަށް ހިންގޭނެ އަހަރަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު