ސަރުކާރުން ފަރުވާ ހޯދައިދޭންވީ ރައްޔިތުންގެ މާޔޫސްކަމަށް ކަމަށާއި މަގުމައްޗަށް ނުނިކުންނަ މީހުންގެ އަޑު ވޯޓުން އިއްވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން (އައްދު) މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންގެ ޢަދަދު ނިސްބަތުން މަދުކަމަށް ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ވިދާޅުވަމުން ގެންދަވާތީ މަޖިލީހުގެ މިނިވަން މެންބަރު އައްދު ވިދާޅުވެފައިވަނީ ތަންތަނަށް އެއްވާ މީހުންގެ ޢަދަދަކީ ޖުމްލަ ރައްޔިތުންގެ ވިންދު ހުރިގޮތް ކަނޑައެޅޭނެ ގޮތް ނޫން ކަމަށެވެ.
އެގޮތުން އައްދު ވަނީ ރައީސް ޞާލިޙްގެ ވެރިކަމުގައި ޕީޕީއެމުން ކުރިއަށް ގެންދިޔަ މަގުމަތީ ޙަރަކާތްތަކަށް ލިބުނު ފިނި ތަރުޙީބު ޕީއެންސީގެ މެންބަރުންނަށް ހަނދާންކޮށް ދެއްވާފައެވެ.
“އަޅުގަނޑުގެ ޕީއެންސީ އަހުންނަށް ހަނދުމަފުޅުކޮށް އަރުވަން. ހަގީގަތަކީ، މަގު މައްޗަށް ޝުއޫރު ފާޅުކުރަން ނިކުންނަ މީހުންގެ އަދަދުން އިނގޭ ކަމެއްނޫން، އަޅުގަނޑުމެން އިދިކޮޅުގަ ތިބެގެން އެމްޑީޕީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރިއިރު މާލެން މަގުމަށްޗަށް ނިކުމެލަން 100 މީހުން ނުވި ދުވަސްދިޔަ. ހަނދުމަފުޅު ހުންނަވާނެ.” އައްދު ވިދާޅުވިއެވެ.
ހަމައެއާއެކު އައްދު ވިދާޅުވީ ރައީސް ޞާލިޙްގެ ސަރުކާރުގެ ދުވަސްވަރު ޕީޕީއެމުން ބޭއްވި އެންމެ ބައިބޯ އެއްވުމަކީ މުޅިރާއްޖޭން މީހުން އައިސްގެން ބޭއްވި ޕީޕީއެމްގެ ހޯޕް ކޮންފަރެންސް ކަމަށެވެ.
އެހެންކަމުން މަގުމައްޗަށް ނިކުންނަ މީހުންގެ ޢަދަދަށް ބަލައިގެން ސަރުކާރުގެ މަޤްބޫލުކަން ވަޒަން ކުރުމުގެ ބަދަލުގައި ރައްޔިތުން ތިބީ މާޔޫސްވެފައިކަން ޤަބޫލުކޮށް ކުރިއަށް އޮތް ހަތަރު އަހަރު ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރުމަށް އައްދު ވަނީ ޕީއެންސީގެ ސަރުކާރަށާއި މަޖިލީސް މެންބަރުންނަށް ގޮވާލައްވާފައެވެ.
“ޔަގީންކަމަކީ ރައްޔިތުން ތިބީ ވަރަށް މާޔޫސްވެފައި، ވިޔަފާރިވެރިންނާއި މަސްވެރިންވެސް އެހެން. ފަރުވާއެއް ހޯއްދަވަންވަނީ މި މާޔޫސްކަމަށް. ގިނަމީހުންގެ އަޑު އިއްވަނީ ވޯޓުން. ޑިފެންސްއަށް ކުޅުއްވުން ހުއްޓަވާލައްވާ ކުރައްވަންވީ ކަމަކީ ބާކީ މިއޮތް ހަތަރު އަހަރު ނަތީޖާ ދައްކަވަންވީ.” އައްދު ވިދާޅުވެފައިވެއެވެ.
އައްދު މިހެން ވިދާޅުވެފައިވާއިރު މަޖިލީހުން ޤާނޫނު އަސާސީއަށް ގެނައި ބަދަލުތަކާމެދު ނުރުހުން ފާޅުކުރުމަށް އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭން މީހުން ގެނެސްގެން މާލޭގައި ރޭ ވަނީ ޖަލްސާއެއް ބާއްވާފައެވެ.
ނަމަވެސް މާޒީގައި އެމްޑީޕީން ބޭއްވި ބޮޑެތި ރެލީތަކާ އަޅާ ބަލާއިރު ރޭގެ ޖަލްސާގައި ބައިވެރިވި މީހުންގެ ޢަދަދު މަދުކަން މީސްމީޑީއާގައި ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.

އަޅުގަނޑުގެ ޕީއެންސީ އަހުންނަށް ހަނދުމަފުޅުކޮށް އަރުވަން. ހަގީގަތަކީ، މަގު މައްޗަށް ޝުއޫރު ފާޅުކުރަން ނިކުންނަ މީހުންގެ އަދަދުން އިނގޭ ކަމެއްނޫން، އަޅުގަނޑުމެން އިދިކޮޅުގަ ތިބެގެން އެމްޑީޕީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރިއިރު މާލެން މަގުމަށްޗަށް ނިކުމެލަން 100 މީހުން ނުވި… pic.twitter.com/qZFwhQPlXe
— Abdul Rahman (@MpAhdhu) December 11, 2024
އައްދު މިހެން ވިދާޅުވެފައިވާއިރު މަޖިލީހުން ޤާނޫނު އަސާސީއަށް ގެނައި ބަދަލުތަކާމެދު ނުރުހުން ފާޅުކުރުމަށް އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭން މީހުން ގެނެސްގެން މާލޭގައި ރޭ ވަނީ ޖަލްސާއެއް ބާއްވާފައެވެ.
ނަމަވެސް މާޒީގައި އެމްޑީޕީން ބޭއްވި ބޮޑެތި ރެލީތަކާ އަޅާ ބަލާއިރު ރޭގެ ޖަލްސާގައި ބައިވެރިވި މީހުންގެ ޢަދަދު މަދުކަން މީސްމީޑީއާގައި ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު