ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރިކުރާ ކާނި ހޮޓެލްސްގެ ވެރިންނަށް ދައުވާކުރަން މީރާ އިން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން ކާނި ހޮޓެލްސްގެ ވެރިންގެ މައްޗަށް ކުރަނީ މާފުށީގައި ހިންގާ "ކާނި ޕާމް ބީޗް" އާއި "ކާނި ގްރޭންޑް ސީވިއު" އާއި "ކާނި ވިލެޖް" އާއި "ކާނި ބީޗް" އިން މީރާއަށް ދައްކަން ޖެހޭ ޓެކްސް ދެއްކުމުގައި ގަސްދުގައި އޮޅުވާލައި މަކަރު ހެދުމުގެ ތުހުމަތެވެ. އެ ހަތަރު ހޮޓެލްގައި 490 އެނދު ހުރެއެވެ.
އޮޑިޓްތަކާ ޙަވާލާދީ މީރާއިން ބުނެފައިވަނީ އެކުންފުނިން ޓެކުހަށް މަކަރު ހަދާފައިވަނީ ޖެނުއަރީ 2019 އިން ސެޕްޓެމްބަރު 2022 އާ ދެމެދު ކަމަށެވެ. އެގޮތުން އަށްލައްކަ ޑޮލަރު (13.3 މިލިއަން ރުފިޔާ) ކާނި ހޮޓެލްސް އިން ޓެކުހުގެ ގޮތުގައި އިތުރަށް ދައްކަން ޖެހޭ ކަމަށް މީރާއިން ބުނެފައިވެއެވެ.
މީރާއިން ބުނީ ކާނި ހޮޓެލްސް އިން މީރާއަށް ހުށަހަޅައިފައިވާ ޓެކްސް ބަޔާންތަކުގައި ބޭރުގެ ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށާއި ފްރީ އިންޑިޕެންޑެންޓް ޓްރެވެލާސްގެ ގޮތުގައި އަންނަ ފަރުރުވެރިންގެ މައުލޫމާތާއި އާމްދަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ހިމަނާފައި ނުވާކަމަށެވެ.
އެ މައްސަލައިގައި، ކާނި ހޮޓެލްސް ވިޔަފާރީގައި ހިމެނޭ ދެ ކުންފުނި ކަމަށްވާ ކާނި ހޮޓެލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑާއި އަސްނާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި ކުންފުނިތަކުގެ ދެ ޑިރެކްޓަރުން ކަމަށްވާ އަބްދުﷲ ނަޝީދު އާއި އާމިނަތު އާސިމާ ސަލީމްގެ އިތުރުން ވިޔަފާރީގެ އެކައުންޓްސް މަސައްކަތުގައި އިސްކޮށް ހުންނެވި އައިޝަތު ރަޒުނާގެ މައްޗަށް ދައުވާކޮށްދިނުމަށް މީރާއިން ޕީޖީ އޮފީހުގައި އެދިފައިވެއެވެ.
މީރާއިން ކާނި ހޮޓެލްސްގެ ވެރިންގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު ކާނި ކުންފުނީގެ ވެރިޔާ އަބްދުﷲ ނަޝީދަކީ ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްޖީއޭ) ގެ ރައީސް އެވެ.
ކާނި ހޮޓެލްސްގެ ވިޔަފާރީގެ ދަށުން އއ. އުކުޅަހުގައިވެސް މިހާރު ދަނީ 350 އެނދުގެ ހޮޓަލެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ކުންފުނިން ރިސޯޓެއް ތަރައްޤީ ކުރުމަށްޓަކައި ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ވ. ބޮޑުފިނޮޅު އެކުންފުންޏަށް ޙަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު