ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ޙައްލު ހޯދައިދީފައި ނުވާކަމަށް ބުނެ ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ޓެކްސީ ޑްރައިވަރުން މިއަދު އިހުތިޖާޖް ކޮށްފިއެވެ.
ޓެކްސީ ޑްރައިވަރުންގެ މިއަދުގެ އިޙްތިޖާޖުގައި ވަނީ ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީންގެ އިސްތިއުފާއަށް ގޮވާލާފައެވެ. އަދި މާލެ ސަރަހައްދުގައި ޓެކްސީ ޚިދުމަތް ދިނުމަށް ސަރުކާރު ކުންފުންޏަކާ ޙަވާލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައިވާ ނިންމުން ބަދަލު ކުރަމަށް މިއަދުގެ އިޙްތިޖާޖުގައި ޓެކްސީ ޑްރައިވަރުން ގޮވާލާފައިވެއެވެ.
ހަމައެއާއެކު މި އިހުތިޖާޖުގައި ޑްރައިވަރުން ވަނީ ވޭނުގެ ދަތުރުގެ އަގުތައް ކުރިން އޮތް ގޮތަށް ބަދަލުކުރުމަށާއި މާލެ އާއި އެއާޕޯޓުގެ ޓްރެފިކް ފްލޯ ފަސޭހަވާނެ ގޮތަށް ހެދުމަށާއި ޓެކްސީ ޑްރައިވަރުންގެ ދަފްތަރު އަލުން ހުޅުވައިލުމަށްވެސް ގޮވާލާފައެވެ.
އޭގެއިތުރުން ޕާކިން ބިލްޑިންތައް ކޮބައިތޯ އާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ހިދުމަތާމެދު ސުވާލު އުފައްދާ ޓެކްސީ ޑްރައިވަރުން ވަނީ ޝުއޫރުތައް ފާޅުކޮށްފައެވެ.
ޓެކްސީ ޑްރައިވަރުން މިއަދު ސީދާ ޙަރަކާތަށް ނިކުމެފައިވާއިރު އިއްޔެ ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ސަރުކާރުގެ ތެރެއިން ހައްލެއް ލިބިފައި ނުވާތީ، އިހުތިޖާޖަށް ނުކުންނަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.
އެކޮތުން ސަރުކާރުން ޓެކްސީ ކުރުމުގެ ޚިދުމަތް ފަށައިފިނަމަ އޭގެ ގެއްލުން ޑްރައިވަރުންގެ އިތުރުން ޓެކްސީ ސެންޓަރުތަކާއި ގަރާޖުތަކަށްވެސް ކުރާނެ ކަމަށް އިއްޔެގެ ބައްދަލުވުމުގައި އެޖަމިއްޔާއިން ބުނެފައިވެއެވެ.
އަދި ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒާ ވީއެންމެ އަވަހަކަށް ބައްދަލު ކުރުމަށް އެދިފައި ވަނިކޮށް މިދިޔަ އަންގާރަ ދުވަހަށް ތާވަލުކުރި ބައްދަލުވުން ކެންސަލް ކޮށްލާފައިވާ ކަމަށްވެސް އެޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު