އޮމާނާއި ރާއްޖެއާ ދެމެދު 2 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އޮމާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސަޢީދީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެެ.
އެކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއާއި އޮމާނާ ދެމެދު ސޮއިކުރި ދެ އެއްބަސްވުމަކީ ސިޔާސީ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ އެއްބަސްވުމަކާއި ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވޭނެ މަގުފަހިކުރުމުގެ އެއްބަސްވުމެއް ކަމަށެވެ. ޚާރިޖީ ވުޒާރާ އިން ހާމަކުރިގޮތުގައި އާންމު ރައްޔިތުންނަށްވެސް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވޭނެ މަގުފަހިކުރުމަށް މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު މަޝްވަރާ ކުރެއްވިއެވެ. އަދި އެކަން އޮމާން ސަރުކާރަށް ހުށަހަޅުއްވާފައިވާކަމަށްވެސް ދިވެހި ޚާރިޖިއްޔާ އިން ބުނެއެވެ.
މިހާރު ދިވެހި ރައްޔިތުންނަށް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވެނީ ޚާއްޞަ ޝަރުތުތަކެއް ފުރިހަމަވެގެން ކަމަށްވާއިރު އެ ޝަރުތުތަކުގެ ތެރޭގައި ވަކި ޤައުމުތަކެއްގެ ވިސާ އޮންނަންޖެހެއެވެ.
ދިވެހި ޚާރިޖިއްޔާ އިން ބުނީ ރާއްޖެއާއި އޮމާނާ ދެމެދު ސިޔާސީ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން އަވަސް ފުރުޞަތެއްގައި ބޭއްވުމަށްވެސް ދެ ވަޒީރުން ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚްވަންތަކަމުގެ ގުޅުމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވި ކަމަށް ދިވެހި ޚާރިޖިއްޔާ އިން ބުންޏެވެެ. އެގޮތުން ވިޔަފާރިއާއި ފަތުރުވެރިކަމާއި ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި އިންވެސްޓްމަންޓް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވުމުގެ އިތުރުން ބައިނަލްއަޤްވާމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެއްވި ކަމަށް ދިވެހި ޚާރިޖިއްޔާ އިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު