ގާނޫނު އަސާސީގެ ދިފާޢުގައި ކަމަށް ބުނެ އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އިން ފެނުނީ ހުސްގޮނޑި ކަމަށާއި އެޖަލްސާގައި މާގިނަ މީހުން ނެތް ކަމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވީ، އެމްޑީޕީ އަކީ ވަކި ބަޔަކަށް މަންފާ ހޯދައިދޭން މަސައްކަތް ކުރާ ބަޔެއް ކަމަށެވެ. އަދި އެމްޑީޕީއަކީ މުޅި ރައްޔިތުންގެ ހައްޤުގައި އެއްވެސް އިރެއްގައި މަސައްކަތް ކުރި ޕާޓީއެއް ނޫން ކަމަށް ބޮޗޭ ވިދާޅުވިއެވެ.
މެމްބަރު ބޮޗޭ ވިދާޅުވީ އެމްޑީޕީ މޮޅީ ވާހަކަ ދައްކަން އެކަނި ކަމަށެވެެ. އަދި އެމްޑީޕީގެ ހަގީގަތް ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށާއި ރޭގެ ޖަލްސާ އިން އެކަން ހާމަވެފައިވާ ކަމަށް ބޮޗޭ ވިދާޅުވިއެވެ. ބޮޗޭ ވިދާޅުވީ ގާނޫނު އަސާސީގެ ދިފާޢުގައި ކަމަށް ބުނެ އެމްޑީޕީން ރޭ ބޭއްވި ޖަލްސާއަކީ ދުރާލާ ރާވައި ތައްޔާރުވެގެން ވަރަށް މަސައްކަތުން ބޭއްވި ޖަލްސާއެއް ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީން ކުރި މަސައްކަތަށް ބަލާއިރު އެޖަލްސާ އިން މީހުން ނުފެނުނު ކަމަށް ބޮޗޭ ވިދާޅުވިއެވެ.
"މިވަރުގެ ބޮޑު ކެމްޕޭނެއް އެމްޑީޕީއަކުން ނުކުރޭ ކަން ނޭނގޭ ތަނަކަށް މީހުން އެއްކުރާކަށް، އެހެން ނަމަވެސް 9 ޖަހައިގެން ދިޔައިރުވެސް ގިނައީ އެތަނުގައި ހުސްގޮނޑި އެންމެ ފަހުން ހުސްގޮނޑިތައް ނަގައި ދެން އައި މީހުން އެތާނގައި މަންޒަރު ދައްކާލައި ކޮންމެ ދެ ގޮނޑިއެެއް ދޭތެރޭގައި ފަސްފޫޓް ބަހައްޓައިގެން އަރިމަތިން ފޮޓޯ ނެގީމަ ވަރަށް މީހުން އޮތްވައްތަރު ޖަހާނެ، ހަގީގަތުގައި އެތާކު ނެތް މީހުންނެއް،" ބޮޗޭ ވިދާޅުވިއެވެ.
މީގެ އިތުރުން ބޮޗޭ ވިދާޅުވީ، ރައީސް މުޢިއްޒާއި ސަރުކާރާއި މެދު ނުތަނަވަސްކަން އޮތްނަމަ ރޭގެ ޖަލްސާގައި އެއަށްވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށެވެ. އެޖަލްސާ އަށް ކޮންމެ ރައްޔިތަކަށް ވެސް ދިޔުމުގެ ހައްޤު އެބައޮތް ކަމަށް ބޮޗޭ ވިދާޅުވިއެވެ.
"މާލެއަކީ 100000 އަށް ވުރެ ގިނަ މީހުން އުޅޭތަނެއް، 100000 މީހުންގެ ތެރެއިން 500 މީހުން ޖަލްސާއަކަށް ނުނެރެވުނީމަ އޭގެ މާނައަކީ 95000 މީހުން ސަރުކާރަށް އިތުބާރު އެބަކުރެޔޭ،" ބޮޗޭ ވިދާޅުވިއެވެ.
ބޮޗޭ މިހެން ވިދާޅުވި ނަމަވެސް އެމްޑީޕީގެ އެކްޓިވިސްޓުން މީސް މީޑިއާގައި ބުނަމުންދަނީ އެ ޖަލްސާއަށް ބޮޑު ތަރުހީބެއް ލިބި ގިނަ ބަޔަކު ބައިވެރިވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު