ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި ސެޓުލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކުރި ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރީ ރައްޔިތުންގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައެެވެ. މާލިއްޔަތު ކޮމެޓީން ވަނީ ސަރުކާރު ޝާމިލްވާ އެކި މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާއި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން، 2019 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ސޮއިކޮށްފައިވާ ސެޓުލްމަންޓް އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުންތަކެއް ކަމަށް ނިންމާފައެވެ. އަދި އެ އެއްބަސްވުންތައް ބާތިލުކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށާއި ބަދަލުގެ ގޮތުގައި ދީފައިވާ އެއްޗެހި ނުވަތަ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެޓާނީ ޖެނެރަލް އާއި ކަމާބެހޭ އެހެން އިދާރާތަކަށް އަންގަން ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން މާލިއްޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގެ ބޭރުން އެއްވެސް ބަޔަކަށް އެއްވެސް ބަދަލެއް ދީފައިވޭތޯ ބެލުމަށާއި އެގޮތަށް ބަދަލު ދީފައިވާ ނަމަ އެ އެއްބަސްވުންތައް ވެސް ބާތިލުކުރުމަށާއި ބަދަލުގެ ގޮތުގައި ދިން އެއްޗެއް ނުވަތަ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް ވެސް އެޓާނީ ޖެނެރަލް އާއި ކަމާބެހޭ އެހެން އިދާރާތަކަށް އަންގަން މާލިއްޔަތު ކޮމިޓީން މިއަދު ނިއްމިއެވެ.



މާލިއްޔަތު ކޮމެޓީން ބުނީ ސެޓުލްމަންޓް ކޮމިޓީ މެދުވެރިކޮށް ރައީސް ސާލިޙްގެ ސަރުކާރުގައި، 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދުގައި 36 ރަށަކާއި ހަ ފަޅެއް އަދި ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އެކި ފަރާތްތަކަށް ދީފައިވާ ކަމަށެވެ.

މާލިއްޔަތު ކޮމެޓީން މިގޮތަށް ނިންމިއިރު ކުރީގެ ސަރުކާރުގައި އެކި ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ދިން ފައިސާގެ މަައްސަލަތަކާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ލަފާދޭން ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން