ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (މ) އާއި ސައޫދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން --
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (މ) އާއި ސައޫދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން --
2034ގެ ފުޓްބޯޅަ ވޯލްޑް ކަޕް ސައުދީ އަރަބިއްޔާގައި ބާއްވަން ނިންމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީއަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

2034 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕް ބާއްވަން ބީލަން ހުށަހެޅި ގައުމުތަކުގެ ތެރެއިން އެ ބީލަން ސައުދީން ކާމިޔާބުކުރިކަން ފީފާއިން ހާމަކުރީ ރޭގެ ވަގުތެއްގަ އެވެ.

އެކަމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ ބީލަން ކާމިޔާބުކުރުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި އަދި އެކަމާ ގުޅިގެން ސައުދީގެ ސަލްމާން ރަސްގެފާނާއި ސައުދީގެ ވަލީ އަހުދު ސަލްމާން ބިން މުހައްމަދުއަށް ވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

އަދި އެ ކާމިޔާބީން ބައިނަލްއަގުވާމީ ދުނިޔޭގައި ސައުދީން އަދާކުރަމުންދާ ދައުރުގެ އިތުރުން އެ ގައުމުގެ ވަރުގަދަ އަޒުމާއި ނަމޫނާ ލީޑާޝިޕް ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހަމަ އެހެންމެ މިއީ އަރަބި އަދި އިސްލާމީ ގައުމުތަކަށް ވެސް ފަހުރުވެރި ވަގުތުކޮޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

2034 ވަނަ އަަހަރު ވޯލްޑް ކަޕް ސައުދީގައި ބާއްވަން ބީލަން ކާމިޔާބުކުރުމަކީ ސައުދީން 2030އާާ ހަމައަށް ކަނޑައަޅާފައިވާ ތަސައްވަރުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސައުދީގައި ކުރިއަށް ދާ ލީގުތަކުގައި މިހާރުވެސް ބައިނަލްއަގުވާމީ އެންމެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިން ކުޅެ އެވެ.



ކިޔުންތެރިންގެ ހިޔާލު