ސަރުކާރުގެ ބޮޑު ތިން ވުޒާރާ ހިންގާ މ. ގްރީން ބިލްޑިންގ ގައި ވަރަށް ބޮޑަށް އަލިފާން ރޯވެ މާލޭ ސަރަޙައްދުގައި ދުން ފެތުރިފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އިލްތިމާސް ކޮށްފިއެވެ.
އެގޮތުން އެޗްޕީއޭއިން ވަނީ ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަތް ނިވާކުރުމަށް އިރުޝާދު ދީފައެވެ.
ހަމައެއާއެކު ނޭވާލާ ނިޒާމާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އެހެންކަމުން ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދުކުރުމަށް ވެސް އެ އިދާރާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެއިތުރުން ނޭވާ ކުރުވުމާއި، ނޭވާލާން އުނދަގޫވުމާއި، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް ވެސް އެޗްޕީއޭ އިން އެދިފައިވެއެވެ.
އެޗްޕީއޭއިން މިކަންކަމަށް އިލްތިމާސް ކޮށްފައިވާއިރު މ. ގްރީން ބިލްޑިންގ ގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު މިހާތަނަށް ނިވާލެވިފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންތައްތައް pic.twitter.com/DCdHEHxCGl
— Health Protection Agency (@HPA_MV) December 12, 2024
މީގެއިތުރުން ނޭވާ ކުރުވުމާއި، ނޭވާލާން އުނދަގޫވުމާއި، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް ވެސް އެޗްޕީއޭ އިން އެދިފައިވެއެވެ.
އެޗްޕީއޭއިން މިކަންކަމަށް އިލްތިމާސް ކޮށްފައިވާއިރު މ. ގްރީން ބިލްޑިންގ ގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު މިހާތަނަށް ނިވާލެވިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު