ސަރުކާރު ކަންކަން ފެންނަނީ ވަރަށް ގޯސްކޮށް ކަމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްގަފޫރު މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، ސަރުކާރުގެ ހާލަތު ފެންނަނީ ވަރަށް ގޯސްކޮށް ކަމަށެވެ. ޣަފޫރު ވިދާޅުވީ ސަރުކާރު ތެރެއިން ފެންނަނީ ވައްކަން ކުރާ މަންޒަރު ކަމަށާއި އެނޫން ކަމެއް ސަރުކާރުން ނުކުރާ ކަމަށާއި މައްސަލަތައް ބެލުމުން ވަރަށް ސާފުކޮށް ފެންނަން އެބަހުރި ކަމަށެވެ. ޣަފޫރު ވިދާޅުވީ ކޮންމެ ކަމެއް ސަރުކާރުން އަޅުވަނީ ކުރީގެ ސަރުކާރުގެ ބޮލުގައި ކަމަށެވެ. ރައްޔިތުންނަށް ކުރިއަށް ވުރެ މާ ރަނގަޅަށް ކަންތައްތައް ކޮށްދޭނެ ކަމަށް ބުނެ ވެރިކަމަށް އައުމަށްފަހު މިސަރުކާރުން ކަން ކުރަނީ ކުރިއަށްވުރެ ގޯސްކޮށް ކަމަށް ޣަފޫރު ވިދާޅުވިއެވެ.
"ތިމަންނާ މެން މިތިބީ އިޚުލާސްތެރިކަމާއެކު ޚިދުމަތް ކުރާށޭ ބުނީ، އެކަމެއް ނޫން ފެންނަމުން މިދަނީ ވައްކަމާއި ފަސާދަ އާއި ދޭތެރެ ޖެއްސުމާއި ދެބައޮޑުވުމާއި ފިތުނަ އުފެއްދުމުގެ ސިލްސިލާތަކެއް މުޅި ގައުމުގައި ހިނގަމުންދާތަން ފެންނަމުން މިދަނީ، މިއީކީ ނޫން ރައްޔިތުން ދެކެން ބޭނުންވި ދުވަހަކީ އެކަން ދެކޭކަށް ނޫން ރައްޔިތުން ސަރުކާރު ބަދަލުކޮށް އެބޭފުޅުން ވީ ވައުދުތަކާއި އެއްގޮތަށް ސަރުކާރު ހަވާލުކުރީ،" މަޖިލީހުގެ އެންމެ ގިނަ ދުވަސްވީ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޣަފޫރު ވިދާޅުވިއެވެ.
މީގެ އިތުރުން ޣަފޫރު ވިދާޅުވީ، ގައުމް މިއަދު ކުރިމަތިލާންޖެހިފައިވަނީ ވަރަށް ހިތާމަވެރި ދުވަސްތަކަކާއި ކަމަށެވެ. ކޮންމެ ކަމަކުން ފެންނަނީ މަކަރާއި ހީލަތް ހެދުމާއި އޮޅުވާލުން ކަމަށް ވިދާޅުވެ، ޣަފޫރު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ މަދުނުވާ ކަމަށާއި އެހެން ނަމަވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ އެއްވެސް ކަމެއް ސަރުކާރުން ކޮށްދޭތަން ނުފެންނަ ކަމަށެވެ. ސަރުކާރުން ހުރިހާކަމެއް ކުރަނީ ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ލާބަޔާއި މަންފާ އަށް އެކަނި ކަމަށް ޣަފޫރު ވިދާޅުވިއެވެ.
"ރައްޔިތުންނަށް ކޮށްދޭންޖެހޭ އެއްވެސް ކަމެއް މިދިޔަ އަހަރު ވެސް 50 ބިލިއަން ރުފިޔާ ޚަރަދުވެގެންދިޔައިރު އެއްވެސް ކަމެއް ވެފައެއް ނެތް، އެހެންވީމަ މިއަހަރުވެސް އެކަންކަން ވާނެ ކަމަށް ރައްޔިތުންގެ އެއްވެސް އުއްމީދެއް ނެތް،" ޣަފޫރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު