މިއަދު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިގެން ދިޔައީ މުވައްޒަފުންގެ ދެވަނަ ގެ ކަމަށް މިއަދުގެ ހާދިސާގައި އަނދާ އަޅިއަށްވި ކޮންސްޓްރަކްޝަން މިނިސްޓްރީގެ މިނިސްޓަރު އަބްދުالله މުއްތަލިބު މިރޭ ވިދާޅުވެއްޖެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބުދުﷲ މުއްތަލިބު ވިދާޅުވީ މިއަދު އަނދައިގެންދިޔަ ޓިނު ބިލްޑިންގ އަކީ 2008 ވަނަ އަހަރު ކޮންސްޓްރަކްޝަން މިނިސްޓްރީ ބަދަލުކުރުމަށް ވަގުތީ އޮފީސް ޢިމާރާތެއްގެ ގޮތުގައި ޢިމާރާތްކުރި ތަނެއް ކަމަށެވެ. އަދި އެތަން ވެގެންދިޔައީ އެމިނިސްޓްރީގެ ދާއިމީ މަސައްކަތުގެ މާހައުލުގެ އިތުރުން މުވައްޒަފުންގެ ދެވަނަ ގެއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު މުއްތަލިބް ވިދާޅުވީ އެންމެ އެދެވޭ ފެންވަރެއްގައި ހުރި ތަނެއް ކަމުގައި ނޫން ވިޔަސް އެތަނުގައި މަސައްކަތް ކުރި އެންމެންނަށް ވެސް އެތަން ވެގެން ދިޔައީ ހާއްސަ ތަނަކަށް ކަމަށެވެ. އަދި މިއަދު އެތަން ގެއްލިގެން ދިޔައީ އެތަނުގައި ތިބި ހުރިހާ ތަކެއްޗާއި ހަނދާންތަކާއި އެކުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު މުއްތަލިބު ވިދާޅުވީ ހާދިސާގައި ސަބަބުން ހިތާމަކުރައްވާ ކަމަށެވެ. އަދި ހާދިސާ އާއި ގުޅިގެން ހެޔޮ ދުއާ ކުރެއްވި ފަރާތްތަކަށް މުއްތަލިބު ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

އަމީނީމަގު ދިވެހި ރާއްޖޭގެ އަޑު ކައިރީގައި ހުންނަ ހައުސިން މިނިސްޓްރީގައި މިއަދު ހެނދުނު ރޯވެ ވަނީ އަނދާ ހުލިވެފައެވެ. އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެންވަރަމެންޓު މިނިސްްޓްރީ ހިންގަމުން ދިޔަ އިމާރާތްތަކަށްވެސް އަލިފާންގަނޑު ފެތުރި އެއޮފީސްތަށް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މި ހާދިސާއި ގުޅިގެން އެތިން މިނިސްޓްރީގެ ހިދުމަތްތައް ވަގުތީ ގޮތުން މިހާރު ވަނީ ހުއްޓާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން