އަހުޒަމް އަޙްމަދު   13 ޑިސެމްބަރު 2024 - 8:26
ހިޔާގެ ޓަވަރެއް--
ހިޔާގެ ޓަވަރެއް--
ހިޔާ ފްލެޓުގެ 13 ވަނަ ބުރިން ކުއްޖަކު ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ އެ އިދާރާއަށް ރިޕޯޓްކުރީ ރޭ ދަންވަރު 01:26 ގައި ކަމަށެވެ.

އެ ހާދިސާގައި ވެއްޓި މަރުވީ 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އަދި އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ ހާދިސާގެ އިތުރު ތަފްސީލު ފުލުހުން ނުދެއެވެ.

ފުލުހުން ބުނީ އެ ހާދިސާ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން