އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ, މެޓުން ލަފާކޮށްފިއެވެ.
މެޓުން ބުނީ މިއަދު ހަވީރު 18:00 އަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު އުތުރާއި ދެކުނަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި މެދު ރާއްޖެ ތެރޭގައި މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށްވެސް މެޓުން ލަފާ ކޮށްފައި ވެއެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ހުނޅަގާއި ހުޅަނގު އުތުރުން އެންމެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ލަފާ ކޮށްފައި ވެއެވެ.
ގައުމީ މޫސުމާ ބެހޭ އިދާރާއިން ބުނީ އެންމެ ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިނުގައި 4-7 ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އުތުރާއި މެދު ރާއްޖެތެރެއަށް 4-2 ފޫޓްގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު