އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން މިނިސްޓްރީ ހިންގުން ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތް ފެށުމަށްވަމުންދާ އެންމެ ފަހުގެ ތައްޔާރީތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީއާއި، އިންފްރާންސްޓަކްޗަރު މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީ ހިންގާ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި އެ މިނިސްޓްރީ ތަކުގެ ޚިދުމަތް މިހާރު ވަނީ މެދުކެނޑިފައެވެ. އެ ތިން މިނިސްޓްރީގެ މަސައްކަތް ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތްތައް ފެށުމަށް މިހާރު ވަނީ ތައްޔާރުވާން ފަށާފައެވެ. އެމަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސް މުޢިއްޒު މިރޭ ވަނީ ދަރުބާރުގެއަށް ވަޑައިގެންފައެވެ. ރައީސް ވަނީ އެމަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުން ފިލުއްވައި ބައެއް އިރުޝާދުތައް ދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ތިން ވުޒާރާގެ ވަޒީރުންނާއި މުވައްޒަފުންނާއި ބައްދަލުކުރަށްވާފައެވެ.
ދަރުބާރުގެއަކީ ކުއްލި ހާލަތްތަކުގައި ސަރުކާރުގެ އެކި ބޭނުންތަކަށް އަބަދުވެސް ބޭނުންކުރަމުން އަންނަ އިމާރާތެކެވެ. ހައުސިން މިނިސްޓްރީ އިން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ޚިދުމަތްތައް ދަރުބާރުގޭގައި ފެށޭނެ ކަމަށެވެެ.
އަލިފާނުގެ ހާދިސާގައި އެ އިމާރާތުގައި ހިންގި މާލެ ސިޓީ ކައުންސިލްގެ ބަޔަކަށް ވެސް ގެއްލުންތަކެއް ލިބިފައިވެއެވެ. އެ ގެއްލުމާ ގުޅިގެން މާލެ ރައްޔިތުންނަށް ދެމުން އައި އެއްވެސް ޚިދުމަތަކަށް ބުރޫ ނާރާނެހެން މާލެ ސިޓީ ކައުންސިލުން ދެމުންއައި ޚިދުމަތްތައް ވަގުތީ ގޮތުން ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު