މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯއްދަވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ޢަލީ ޝުޖާޢު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ކަމާބެހޭ އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، އެހާދިސާގެ ފުރިހަމަ ތަހުގީގެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާނެ ކަމުގެ ޔަގީން ކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި އެމައްސަލައިގެ ތަހުޤީޤަށް ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދަން ނިންމާފައިވާ ކަމަށާއި އެ ޓީމު ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ތަހުޤީޤު ޓީމާއި ގުޅޭނެ ކަމަށް ސީޕީ ޝުޖާޢު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، ފޮރެންސިކް ޓީމުން މިހާރު ވެސް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެތަނުން ނަގަން ޖެހޭ ސާމްޕަލް ނެގުމުގެ މަސަައްކަތް ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ. ސީޕީ ވިދާޅުވީ އެހާދިސާ ހިނިގި އިމާރާތުގެ ވަށައިގެން ހުރި ސީސީޓީވީ ފުޓޭޖްތައް ތަހުގީގަށް މިހާރު ހޯދާފައިވާ ކަމަށެވެ. އެ ފުޓޭޖްތައް އެނަލިސިސް ހެދުމަށް ފޮރެންސިކަށް ފޮނުވައި އެމަސައްކަތް ވެސް ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.
"މި އިންސިޑެންޓްގައި އެންމެ ފުރަތަމަ މަންޒަރު ދުށް މީހުންގެ ބަޔާން ތައް ނެގުމުގެ މަސައްކަތް އެބަކުރެވޭ، އަދި އެވަގުތު އެތަނުގައި ތިބި އެހާދިސާގެ މައުލޫމާތު އެންމެ ފުރަތަމަ ލިބޭނެ ކަމަށް ގަބޫލުކުރެވޭ ފަރާތްތައް މޯލްޑިވިސް ޕޮލިސް ސާވިސް އިން އެފަރާތްތައް ހޯދައި އެފަރާތްތަކާއި ސުވާލުކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން، އިރާދަކުރެއްވިއްޔާ މިމަސައްކަތްތަކާއި އެކު ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ ޓީމާއެކު މަސައްކަތް ކުރަން ފެށީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަމުގެ އިތުރު މައުލޫމާތު މާ ލަސްތަކެއް ނުވެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ވަރަށް މިކަމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ސީޕީ ޝުޖާޢު ވިދާޅުވިއެވެ.
މީގެ އިތުރުން ސީޕީ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރި ސަބަބު އަދި މިހާތަނަށް ތަހުގީގަށް ހޯދިފައިނުވާ ކަމަށެވެ. އަދި މި ހާދިސާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އެއްެވެސް މީހަކަށް ލިބިފައިވާނަމަ އެ މައުލޫމާތެއް ހިއްސާކުރެވޭނެ ފަސޭހަގޮތެއް ހަމަޖައްސައި އެކަން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު