މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި މަސައްކަތް ހުއްޓުމަކަށް އައި ތިން މިނިސްޓްރީގެ މަސައްކަތް މާދަމާ ދަރުބާރުގޭގައި ފެށޭނެ ކަަމަށް ކޮންސްޓްރަަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

އަލިފާނުގެ ހާދިސާގައި މަސަައްކަތް އެއްކޮށް ހުއްޓުނު ތިން މިނިސްޓްރީގެ ތެރޭގައި ހިމެނެނީ ކޮންސްޓްރަކްޝަން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓު މިނިސްޓްރީ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮންސްޓްރަަކްޝަން މިނިސްޓަރު އަބުދު ﷲ މުއްތަލިބު ވިދާޅުވީ، އަންނަ އާދިއްތަ ދުވަހު ތިން މިނިސްޓްރީގެ މަސައްކަތް ވެސް ދަރުބާރުގޭގައި ފެށިގެންދާނެ ކަމަށެެވެ. އެގޮތުން މިހާރު މަސައްކަތް ފަށަން ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ނިމުމަކަށް އައިސްފައިވާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އަދި މާދަމާގެ ވަގުތެއްގައި ރައްޔިތުންނަށް މިނިސްޓްރީ ތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ދެވޭވަރަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ޗައިނާ ސަރުކާރުން ހަދިޔާ ކޮށްފައި ހުރި ކޮމްޕިއުޓަރ ސިސްޓަމްތަކެއް މިނިސްޓްރީގެ މަސައްކަތްތަކަށް މިހާރު ލިބިފައިވާ ކަމަށެވެ. އެހެންކަމުން މަސައްކަތް ފެށުމަށް ބޭނުންވާ ވަސީލަތްތައް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް ވީހާ ވެސް އަވަހަކަށް ޚިދުމަތްތައް ދެވިގެންދިޔުން، އަޅުގަނޑުމެން ކުރަމުން ގެންދާ، ސަރުކާރުން ކުރަމުންދާ މަސައްކަތް ނުހުއްޓި ކުރިއަށް ދިޔުން، އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން، ރައީސް މިކަން ފެށުނު ވަގުތުން ފެށިގެން ދެއްވި އިންސްޓްރަކްޝަން އާއެކު ކުރި މަސައްކަތްތަކުން މިހާ ހިސާބަށް މި އާދެވުނީ،" މިިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން