ތިން ވުޒާރާއެއްގެ މަސައްކަތް ދަރުބާރުގެއަށް ބަދަލުކުރުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުގެ ވުޒާރާތަކެއް ވަގުތީ ގޮތުން ހިންގުން ސަރުކާރުން ވަނީ ދަރުބާރުގެއަށް ބަދަލުކުރަން ނިންމާފައެވެ.
މި އަލިފާނުގެ ހާދިސާގައި ގެދޮރުވެރިކަމާބެހޭ ވުޒާރާއާއި އިމާރާތްކުރުމާ ބެހޭ ވުޒާރާގެ އިތުރުން ތިމާވެއްޓާ ބެހޭ ވުޒާރާ ހިންގާ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
މިމަހުގެ 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާއާއި ގުޅިގެން ވުޒާރާތަކުގެ ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު އެ ވުޒާރާގެ ހިދުމަތްތައް މާދަމާއިން ފެށިގެން ފަށާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު