ބޭރު ފައިސާ އާއި ބެހޭ ބިލު ޤާނޫނަކަށްވެ ޑޮލަރު މާރުކުރަން ފެށުމުން ރައްޔިތުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެެވެ.
ރައީސް މިހެން ވިދާޅުވީ އދ. ދަނގެތި ރައްޔިތުންނާއި ރޭ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެެވެ. އެމަނިކުފާނު އިއްޔެ ތަސްދީޤުކުރެއްވި ބޭރުފައިސާއާ ބެހޭ ބިލަށް އިޝާރާތްކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މި ބިލަށް ޢަމަލީ ސިފައެއް އައިސް، މި ބިލުގައި ވާގޮތުން ޑޮލަރު މާރުކުރެވެން ފެށުމުން، ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ކްރެޑިޓް ކާޑު ލިމިޓް ޑަބަލްކުރެވުން ފަދަ ފައިދާތައް ޢާންމު ރައްޔިތުންނަށް ލިބޭނޭކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކުރަންޖެހޭ ގޮތަށް ޤާނޫނަށް އިސްލާޙު ގެނައުމަށް ކުރަމުންދާ ފަންނީ މަސައްކަތްވެސް ނިމުނުހާ އަވަހަކަށް މަޖިލީހަށް ހުށައަޅުއްވާނެ ކަމަށެވެ. އަދި ފަތުރުވެރިކަމުން ލިބޭ ޓެކްސް ސީދާ ކައުންސިލްތަކަށް ލިބޭނޭ މަގު ފަހިވެ، ކައުންސިލްތަކަށް މާލީ ބާރުވެރިކަން އިތުރަށް ލިބޭނޭ މަގު ފަހިކޮށްދެއްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.
"ޤާނޫނާއި އެއްގޮތަށް ޑޮލަރު މާރުކުރަމުން ދާނަމަ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 6 މަސް ތެރޭގައި 12 މަސްތެރޭގައި އެގޮތަށް އަޅުގަނޑު އޮންނާނީ އިއުލާންކޮށްފައި ކުރިއަށް އޮތް 6 މަހާއި ދޮޅު އަހަރާއި ދޭތެރޭގައި އެކި ކަންތައްތައް ހަމަޖެހިގެން ގޮސް އިރާދަކުރެއްވިއްޔާ ވަރަށް ބޮޑުތަނުން ރައްޔިތުންނަށް ފައިދާވާނެ، އެހެންވީމާ މިފަދަ ޕްލޭނެއްގެ ތެރެއިން އަޅުގަނޑުމެން ކަންކަން މިގެންދަނީ އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ދަނގެތީގެ ތަރައްޤީއަށް ސަރުކާރުން ކުރަން ނިންމާފައިވާ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވައި ރައީސް މުޢިއްޒު ވިދާޅުވީ އދ. ދަނގެތީގައި 27 ސެކްޓަރުގެ ބިން ހިއްކައިދިނުމަށްފަހު، ގެދޮރުވެރިކަމުގެ މަޝްރޫތައް ހިންގައިދެއްވާނެ ކަމަށެވެެ.
"މިއަންނަ އަހަރު ނުފެށިދާނެ ބިން ހިއްކަން، އެކަމަކު ފެށޭ ކަމުގައި ވަނީ ނަމަ ފަށައިދޭނަން. ގައިމުވެސް މިއަންނަ އަހަރު ނުވަންޏާ 2026 ގައި ފަޅުތެރެއިން 27 ހެކްޓަރުގެ ބިން ހިއްކަދޭނަން. ހިއްކަ ދީފައި ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގަދޭނަން." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު