މިދިޔަ ބުރާސްފަތި ދުވަހު ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ ދެ އިމާރާތުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި މިނިސްޓްރީތަކުގެ މަސައްކަތްތައް ދަރުބާރުގޭގައި މިއަދު ފަށައިފިއެވެ.
ދަރުބާރުގޭގައި ޚިދުމަތް ދޭން މިއަދު ފަށާފައިވަނީ އަލިފާނުގެ ހާދިސާ ހިނގި ދެ އިމާރާތުގައި ހިންގި ހައުސިން މިނިސްޓްރީއާއި އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޚިދުމަތްތަކެވެ. އެ ތިން ވުޒާރާގެ މުވައްޒަފުން މިއަދު ހެނދުނު ވަޒީފާއަށް ނުކުތީ ދަރުބާރުގެއަށެވެ. އެ ވުޒާރާތަކުގެ މަސައްކަތްތައް ފެށުމަށްޓަކާ ދަރުބާރުގެ ވަނީ އޮފީހެއް ގޮތަށް ބަދަލުކޮށް ޚިދުމަތް ދެވޭގޮތަށް ބަދަލު ގެނެސްފައެވެ.
އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ ހިންގި އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހާދިސާގައި މުހިންމު ބައެއް ލިޔެކިޔުންތައްވެސް ވަނީ އަނދައިގެން ގޮސްފައެވެ.
އެހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ހޯދިފައިނުވާއިރު، އެމައްސަލައިގެ ތަހުޤީޤަށް ބޭރުގެ އެހީތެރިކަން ހޯދަން ފުލުހުން ވަނީ ނިންމާފައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ ޢަބްދުالله މުއްތަލިބު ވިދާޅުވީ މިއުޅެނީ ދައުލަތުގެ ވަރަށް ބައިވަރު ލިޔެކިއުންތަކެއް ގެއްލިގެން ނޫން ކަމަށެވެ. އަދި ސަރުކާރު ކަންތައްތައް ކުރިއަށްގެންދިއުމަށް ރައްޔިތުން ބޭނުންވާ، މައުލޫމާތުތައް ރިކަވާރ ކުރެވޭނެ ކަމަށާއި އެކަމާއި ދޭތެރޭ ރައްޔިތުން ކަންބޮޑުނުވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ. މިނިސްޓަރ ވިދާޅުވީ މިއަދު އޮފީސް ހުޅުވޭއިރު ރައްޔިތުންނަށް އާންމު ހިދުމަތްތައް، އާންމު ހާލަތުގައި ތިން މިނިސްޓްރީއިން ވެސް ދޭން ފެށޭނެ ކަމަށެވެ. އަދި މިވަގުތު ޖާގަ ހުރިގޮތުން ބައެއް މިނިސްޓްރީތަކުން، ގޭގައި މަސައްކަތް ކުރި ނަމަވެސް އެއްވެސް މިނިސްޓްރީއެއްގެ ހިދުމަތް ރައްޔިތުންނަށް މެދުނުކެނޑި ލިބޭނެގޮތް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު