މަހިބަދޫ ކައުންސިލްއާ ރައީސް މުއިިއްޒު ބައްދަލުކުރެއްވުން
މަހިބަދޫ ކައުންސިލްއާ ރައީސް މުއިިއްޒު ބައްދަލުކުރެއްވުން
އދ. މަހިބަދޫގެ ބިން ހިއްކައިދީ އިސްލާމިކް ސެންޓާއެއް ގާއިމުކޮށްދޭން އެ ރަށުގެ ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދެފި އެވެ.

ރައީސް މުއިއްޒު މިއަދު ވަނީ މަހިބަދޫއަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްްވައިފަ އެވެ.

އެ ބައްދަލުވުމުގައި ވަނީ މަހިބަދޫގެ ތަރަައްގީއާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން މަހިބަދޫގައި އިސްލާމިކް ސެންޓަރެއް ގާއިމުކޮށް ބިން ހިއްކުމުގެ އިތުރުން ކައުންސިލުން ވަނީ މަހިބަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ރަށުގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާ ކުރައްވައިފަ އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މަހިބަދޫގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން