ރައީސް މުއިއްޒު--
ރައީސް މުއިއްޒު--
މީހުންނަށް އިހުތިރާމްކުުރުން ފަދަ ކުރީގެ ރީތި އާދަތައް ކޮންމެހެންވެސް އިއާދަކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އދ. މަހިބަދޫގައި ވާހަަކަ ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ އުމްރާނީ ތަރައްގީއާއެކު އަހުލާގީ ތަރައްގީވެސް އަންނަން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް ފަހަަކަށް އައިސް ދިވެހީންގެ ހުރި ރީތި އާދަތައް ނެތެމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.

ހާއްސަކޮށް އެ ރީތި ގިނަ އާދަތައް ނެތިގެން ދިޔައީ ސިޔާސީ އަވައިގައި ޖެހިގެންކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެގޮތުން އަޅުގަނޑުމެންގެ ތެރޭގައި މީހުންނަށް އިހުތިރާމްކުރުމާއި ރީތި ބަހުން ވާހަކަ ދެއްކުންވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ކަންކަން އިއާދަކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް. ގައުމުގެ މުސްތަގުބަލު އަޅުގަނޑުމެންގެ ދަރިންނަށްޓަކައި ރަނގަޅު ގޮތުގައި ފޯރުކޮށްދޭން ބޭނުން ކަމަށް ވަންޏާ މި ބިނާކުރާ ބިނާތަކަ އެއްގޮތަށް އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަން އަޅުގަނޑުމެންގެ އައިޑެންޓިޓީ ކުރީގެ ރީތި ގޮތް އަނބުރާ ގެނެސް ފޯރުކޮށްދޭން ޖެހެނީ" ރައީސް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން