ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފާތިމަތު އާޝާން އައްޔަންކުރައްވައިފި އެވެ.
އެފްއެސްއެމްގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި އިސްމާއިލް ސުހެއިލް މިދިޔަ މަހުގެ ފަހުކޮޅު މަގާމުން އިސްތިއުފާ ދެއްވުމުން އެމަގާމު ވަނީ ހުސްވެފައެވެ. އެފްއެސްއެމްގެ އެމްޑީގެ މަގާމަށް އާޝާން އައްޔަންކޮށްފައިވަނީ މިއަދު އެވެ. އާޝާން ވެގެން ގޮސްފައިވަނީ އެސްޓީއޯ ގްރޫޕްގެ ފުރަތަމަ އަންހެން މެނޭޖިން ޑިރެކްޓަރަށް ކަން ފާހަގަކުރެވެއެވެ. އެސްޓީއޯގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އާޝާން މީގެކުރިން ވަނީ މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް އަދާކުރަށްވާފައެވެ.
އެފްއެސްއެމަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު