ނުވަ އަހަރަށް ފަހު އެޗްއައިވީއަށް ފަރުވާ ދިނުމާ ގުޅޭ ނެޝެނަލް ގައިޑްލައިން އަލުން އެކުލަވާލައި އިފްތިތާހުކޮށްފި އެވެ.

ބައިނަލްއަގުވާމީ އެއިޑްސް ދުވަސް ފާހަގަކުރުމަށް މިއަދު މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ގައިޑްލައިން އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.

އެޗްއައިވީއަށް ފަރުވާ ދިނުމުގެ ގައިޑް ލައިން އިފްތިތިތާހުކުރި އިރު ވައިރަލް ހެޕަޓައިޓިސްއާއި ސެކްޝުއަލީ ޓްރާންސްމިޓެޑް އިންފެކްޝަންސްއާ ގުޅޭ ގައިޑްލައިންތައް ވެސް މިއަދު ވަނީ އިފްތިތާހުކޮށްފަ އެވެ.

އެ ގައިޑްލައިންތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެންމެ ފަހުގެ އިރުޝާދާއި ލަފާގެ މައްޗަށް އެކުލަވާލާފައިވާ ގައިޑްލައިންތަކެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ

އެ ގައިޑްލައިންތައް އިފްތިތާހުކުރުމަށް ފަހު އެ ގައިޑްލައިންތަކާ ގުޅޭ ގޮތުން ޕެނަލް ޑިސްކަޝަނެއް ވެސް މިިއަދު ކުރިއަށް ގެންދިޔަ އެވެ. އެ ޕެނަލް ޑިސްކަޝަންގައި، ރާއްޖޭގައި މި ބަލިތައް ފެތުރުމާއި ބަލިތައް ދެނެގަތުމާއި އަވަސް ފަރުވާ ދިނުމާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި އެވެ.

ރައީސް އޮފީހުން ބުނީ ގައިޑްލައިންތައް އެކުއެކީގައި މުތާލިއާ ކުރެވި، އެކުލަވާލެވި، އަދާހަމަކުރެވި، ތަންފީޒުކުރެވެން ފެށިގެން ދިއުމަކީ އެ ދާއިރާއިން ރާއްޖެއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން