2,000 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ބޭރު ގައުމުތަކުގައި މިހާރު ކިޔަވަމުންގެންދާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިކަން ހާމަކޮށްފައި މިވަނީ ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންގެ އަދަދު ދެނެގަނެ، ތަފުސީލު ބެލެހެއްޓުމަށް އެކުލަވާލި ދަފުތަރުން ލިބުނު މައުލޫމާތަށް ބަލައިގެންނެވެ. އެގޮތުން މި ދަފުތަރުން ދައްކާ ގޮތުގައި މިހާރު ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އަދަދު 2.116 އަށް އަރަ އެވެ.
ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރޭގައި ސަރުކާރުގެ އެކިއެކި ސްކޮލަޝިޕްތަކާއި އެކި ގައުމުތަކުން އެހީގެ ގޮތުގައި ދީފައިވާ ސްކޮލަޝިޕްތަކާއި އަމިއްލަ ހަރަދުގައި ކިޔަވާ ދަރިވަރުންވެސް ހިމެނެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި ބޭރުގައި 1،201 އަންހެން ދަރިވަރުން ކިޔަވަމުން އަންނަ އިރު ފިރިހެން ދަރިވަރުންގެ އަދަދަކީ 915 އެވެ.
މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ތައާރަފުކުރި މި ދަފުތަރުގެ މަގުސަދަކީ ދަރިވަރުންގެ ކަންކަން މޮނީޓާކޮށް ބެލެހެއްޓުމުގައި ލުއި ފަސޭހަކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު