ރާއްޖޭގެ ސިންގަޕޫރު އެންބަސީގެ ޑެޕިއުޓީ އެންބެސެޑަރ އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އެކްސްގައި ކުރެއްވި ޕޯސްޓާ އެކު، އޭނާ އަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދީފި އެވެ.
މުހުތާޒަށް މަރުގެ އިންޒާރު ދީފައިވަނީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް، ވިސާ ނެތި ތ. ވޭމަންޑޫގައި ދިރިއުޅޭ ފްރާންސް އާއިލާގެ މައްސަލައާ ގުޅިގެން ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެެވެ. ކުރީގެ ޕީޖީ މުހުތާޒު މުޙްސިން ވިދާޅުވީ، އިމިގްރޭޝަން ގާނޫނު ހަދާފައި ވަނީ ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ދިވެހިންގެ މަސްލަހަތާއި ހަމަޖެހުމަށް އިސްކަންދީގެން ކަމަށެވެ. އަދި ހިޖުރަކުރާ މީހުންނަށް ރާއްޖޭގައި ރައްކާތެރިކަން ދިނުމަށް އެ ގާނޫނުގައި ހުއްދަ ކޮށްފައި ނުވާތީ، ޖަޒުބާތީ ފިކުރުތަކާ ދުރުވެ، ގާނޫނީ ވެރިކަމަށް ޖާގަ ދިނުން ބުއްދިވެރި ކަމަށް މުހުތާޒުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އެ ޕޯސްޓަށް އެކްސްގައި "ޓޮނީ މޮންޓަނާ" ނަމުގައި ރައްދު ދިން މީހާ ބުނީ އިސްކުރާނީ ހަތް އުޑު މަތިން ބާވައިލެއްވި އިލާހީ ގާނޫނު ކަމަށެވެ. އެ ގާނޫނުގައި އޮންނަ ގޮތުން ނަމަ އެ ކަހަލަ (މުހުތާރަށް ޓެގްކޮށް) ޖާހިލުން ކަރު ކަނޑާލުން ވެސް ހުއްދަ ކަމަށް އޭނާ ބުންޏެެވެ. އަދި މިއީ އެން އުންމަތެއްކަން އޭނާ ވަނީ މުހުތާޒަށް ހަދާންކޮށްދީފައެވެ. މުހުތާޒު ޓެގްކޮށް ކުރި އެހެން ޕޯސްޓެއްގައި ވަނީ ލޭއޮހޮރުވާލަން ވެސް ފަސްނުޖެހޭ ކަމަށް ބުނެފައެވެ.
ވިސާ ނެތި ރާއްޖޭގައި ދިރިއުޅޭތާ 12 އަހަރުވެފައިވާ އާއިލާގެ ވާހަކަ މީޑިޔާއަކުން އާންމުންގެ ސަމާލުކަމަށް ގެނައުމުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެފައިވަނީ ގާނޫނާއި ހިލާފަށް ރާއްޖޭގައި އުޅުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެވޭނެ ކަމަށާއި އެމީހުންގެ ޓްރެވަލް ޑޮކިއުމަންޓް ލިބުމުން އެމީހުން ރާއްޖެއިން ފުރުވާލާނެ ކަމަށެވެ. ފްރާންސް އަށް ނިސްބަތްވާ މުސްލިމު އެ އާއިލާ އިން މިހާރު ވަނީ ރާއްޖޭގެ ރަށްވެހިކަމަށް ވެސް އެދިފައެވެ. އެމީހުންނަށް ރަށްވެހިކަން ދިނުމަށް ގިނަ ބަޔަކު ގޮވާލަމުންދާއިރު ދާދިފަހުން އެމީހުން ރާއްޖެއިން ފޮނުވާލުމާއި ދެކޮޅަށް ބަޔަކު ވަނީ މުޒާހާރާވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު