ސޯޝަލް މީޑިއާ ނުވަތަ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސައިބާ ކްރައިމްތަކަކީ ބޮޑު ކުށްތަކުގެ ގޮތުގައި ކަނޑައެޅުމުން އެފަދަ ކުށްތަކަށް އަރައިގަންނަ މީހުން ސަލާމަތްވާނެ ދޮރުތައް ބަންދުވެގެންދާނެ ކަމަށް ފުނަދޫ ދާއިރާގެ މެމްބަރު އަޙްމަދު މަމްދޫޙް (މަންޑޭ) ވިދާޅުވެއްޖެއެެވެ.
ސޯޝަލް މީޑިއާ ނުވަތަ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސައިބާ ކްރައިމްތަކަކީ ބޮޑު ކުށްތަކުގެ ގޮތުގައި ކަނޑައަޅައި މަޖިލީހުން މިހާރު ވަނީ ބިލެއް ފާސްކޮށްފައެެވެ. އެބިލް ރައީސް ޑރ. މުޢިއްޒު މިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެން އެ ޤާނޫނަށް މިހާރު ވަނީ އަމަލު ކުރަން ފަށާފައެވެެ. އެގާނޫނުގައި ސައިބާ ކްރައިމަކީ ގާނޫނުން ކުށެއް ކަމުގައި ކަނޑައަޅައި، 10 ކުށެއް ސައިބަކްރައިމްގެ ގޮތުގައި ގާނޫނުލްއުގޫބާތަށް ވަނީ އިތުރުކޮށްފައެވެ. އެ ކުށްތަކަށް އަރައިގަތުމުން އެއް އަހަރާއި އެއަށް ވުރެ ބޮޑު ޖަލު ހުކުމްތައް ކުރުމުގެ ބާރު ވެސް ވަނީ ދީފައެވެ.
ސަންގުޓީވީގެ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ފުނަދޫ ދާއިރާގެ މެމްބަރު އަޙްމަދު މަމްދޫޙް (މަންޑޭ) ވިދާޅުވީ، މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުށްތަކަށް އަރައިގަތުން ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ގާނޫނުތަށް މިހާރު ހުރީ އެފަދަ ކުށްތަކަށް އަރައިގަންނަ މީހުންނަށް އެކަށީގެންވާ އަދަބެއް ދެވޭގޮތަށް ނޫން ކަމަށް މަންޑޭ ވިދާޅުވިއެވެ. އެގޮތުން ތަހުޤީޤީ އިދާރާތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެފަދަ ކުށްތަކަށް އަރައިގަންނަ މީހުންނާއި ދެކޮޅަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ހުންނަ ޤާނޫނުތައް ރާއްޖޭގައި ނެތުން ކަމަށް އޭނާ ވިދާޅުވިއެެވެ.
"ސްކޭމް މައްސަލަތަކުގައި މުޅިންވެސް އަޅުގަނޑުމެންނަށް ޖުމުލަ ގޮތެއްގައި އެއްކޮށް ކަހަލަ ގޮތަކަށް މިފެނިގެންދަނީ ވަކި ހިސާބަކުން ކުށައް އަރައިގަންނަ ފަރާތް ކޮންމެވެސް ޤާނޫނީ ލޫޕް ހޯލެއްގެ ތެރެއިން ސަލާމަތްވެގެން ދާތަން، އެހެން ނަަމަވެސް މިހާރު މި ގެނެވުނު އިސްލާހުތަކާއެކު މި ދޮރުތައް މި ލޫޕް ހޯލްތައް ހަޤީޤަތުގައި މި ބަންދުކުރެވުނީ، އެހެންވީމާ ފުރިހަމަ ކުރެވިގެންމިދިޔައީ މިހާރަށް ފެތޭގޮތަށް ޤާނޫނު ހެދިގެން،" މެމްބަރު މަމްދޫޙް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާ ނުވަތަ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސައިބާ ކްރައިމްތަކަކީ ބޮޑު ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާއިރު ބޭރު ގައުމުތަކުގެ ހުއްދަ ހޯދުމަކާ ނުލައި، އެ ގައުމެއްގެ ކޮމްޕިއުޓަރު ޑޭޓާ ލިބިގަތުމުގެ ބާރު ރާއްޖޭގެ ތަހުގީގީ އިދާރާތަކަށް ދިނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ވެސް ރައީސް ވަނީ ތަސްދީގުކުރައްވައިފައެވެ.
ރާއްޖޭގައި އީމެއިލްއާއި ސޯޝަލް މީޑިއާ އެޕްތައް ހެކްކޮށް، މީހުންގެ ޒާތީ މައުލޫމާތު ހޯދައި، ފައިސާ ފޭރުމުގެ މައްސަލަތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު