ހއ. ކެލާގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އާ ޖެނެރޭޓަރސެޓެއް އިންސްޓޯލްކޮށްފައިވާކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކެލާގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެރަށަށް ގެންދިޔަ 400 ކިލޯވޯޓްގެ ޖެނެރޭޓަރުސެޓް މިހާރު އިންސްޓޯލްކޮށް ހިދުމަތަށް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަަމަށްވާ، ފެނާއި ނަރުދަމާ އާއި ކަރަންޓު ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ވައުދު ފުށްދުމަށް ފެނަކައިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކުރެވެއެވެ.

ފެނަކައިން ދަނީ ކަރަންޓުގެ މައްސަލަ ދިމާވެފައިވާ ރަށްތަކަށް ބޭނުންވާ އާ ޖެނެރޭޓަރުސެޓް ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރަމުންނެވެ. އެގޮތުން ފެނަކައިން ވަނީ ޖަނަރޭޓަރުތައް ހޯދުމަށް ދާދި ފަހުންވެސް އިއުލާނެއް ކޮށްފައެވެ.

އެ ކުންފުނިން ކޮށްފައިވާ އެ އިއުލާނުގައި 250 ކިލޯވޮޓްގެ ޖަނެރޭޓަރުން ފެށިގެން 1600 ކިލޯވޮޓްގެ ގެ ޖަނެރޭޓަރު ގަންނަން ބޭނުންވާކަން ވަނީ ހާމަކޮށްފައެވެ.

އެ ކުންފުނިން އެންމެ ގިނައިން ބޭނުންވަނީ 6000 ކިލޯވޮޓްގެ ޖަނެރޭޓަރެވެ. އެ ވައްތަރުގެ އަށް ސެޓް ބޭނުންވެއެވެ. އަދި އެންމެ މަދުން ބޭނުންވަނީ 1600 ކިލޯވޮޓްގެ ޖަނެރޭޓަރެވެ. އެ ވައްތަރުގެ ދެ ޖަނެރޭޓަރު ގަތުމަށް ބޭނުންވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން