މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގައި އައިޑީ ކާޑުގެ ހިދުމަތް ފަށަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
އެ ރަށު ކައުންސިލުން ބުނީ އަންނަ ހަފުތާ އިން ފެށިގެން އަލިފުށީގައި އައިޑީ ކާޑު ހެދުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ހިދުމަތް ރަސްމީކޮށް ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 22 ގައެވެ. އެ ހިދުމަތް ދޭނީ ރަސްމީ ދުވަސްތަކުގެ މެންދުރު ފަހު 1:15 އިން 2:00 އަށެވެ.
އެރަށު ކައުންސިލުން ބުނީ އެތަނުން އައިޑީ ކާޑު ހަދައި ދޭން ފެށި ނަމަވެސް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވެސް އައިޑީ ކާޑުގެ ހިދުމަތް ހޯދޭނެ ކަމަށެވެ.
ރާއްޖެތެރެއިން އެންމެ ފުރަތަމަ އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފެށީ ރަށަކީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔެވެ. އެ ރަށުގައި އެ ހިދުމަތް ފެށީ ސެޕްޓެންބަރު މަހުގެ 19 ގައެވެ. އޭގެ ފަހުން މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫގައި ވެސް އަންނަނީ އެ ހިދުމަތް ދެމުންނެވެ.
ސަރުކާރުން ވަނީ މުޅި ރާއްޖެ އަށް އައިޑީ ކާޑު ހިދުމަތް ފުޅާކުރުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު