ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަނަށް ފުރުސަތު ނުދެއްވާނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މިރޭ ވިދާޅުވެއްޖެ އެވެ.
އަޒާން މިހެން ވިދާޅުވީ، ބިންވެރިޔާ ސްކީމް"ގެ ބޭރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލު ރަޝީދަށް ގޯތި ދިން ކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެެވެ. އެމައްސަލައިގެ ޖިނާޢީ ތަހުޤީޤެއް ފުލުހުން ފަށާފައިވާއިރު އޭސީސީން މިހާރު ދަނީ އެމައްސަލަ ބަލަމުންނެވެެ.
އެކަމަށް އިޝާރަތް ކުރަށްވައި މެމްބަރު އަޒާން ވިދާޅުވީ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތައް ގެޒެޓުގައި ފެންނަން އެބަހުރި ކަމަށާއި އެ ލިސްޓުގައި ނެތް ފަރާތަކަށް ގޯއްޗެއް ލިބުނު ކަމުގެ އެއްބަސްވުމެއް ލިބިފައިވާނަމަ، އެ ވާނީ ހަދާފައި އޮތް ލިޔުމަކަށް ކަމަށެވެ. އަދި އެފަދަ ލިޔުމެއް އަސްލެއް ކަމަށް ދައްކައިގެން ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަކީ ޖިނާއީ ކުށެއް ކަމަށް އަޒާން ވިދާޅުވި އެވެ. އަދި އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ފަޒީލު އެފަދަ ސައްހަ ނޫން ލިޔުމެއް އެޗްޑީސީއަށް ހުށަހަޅާފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ. އަދި ފަޒީލަކީ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތެއް ނޫން ކަމަށް އަޒާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިކަމުގައި އިތުރު ފަރާތްތަކެއްގެ ބައިވެރިވުން އޮތުންވެސް އެކަށީގެންވާ ކަމަށެވެ. އަދި އުންމީދަކީ ފުލުހުން މި މައްސަލަ ވީހާވެސް އަވަހަކަށް ތަހުގީގުކޮށް ނިންމުން ކަމަށް އަޒާން ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަނަށް ފުރުސަތު ނުދޭނެ ކަމަށް އަޒާން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު