އުސޫލުން ބޭރުން 50 ގޯތި ދީފައިވާކަމަށް ބުނެ އެ ކަން ހިނގާދިޔަ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) މިރޭ މަޖިލީހަށް މައްސަލަ އެއް ހުށައަޅުއްވައިފިއެވެ.
މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ފޮނުއްވި ސިޓީގައި ވިދާޅުވީ އުސޫލުން ބޭރުން 50 ގޯތި ދޫކޮށްފައިވާކަން އެނގެން އެބައޮތްކަމަށެވެ. އެ ގޯތިތަކުގެ ޖުމްލަ އަގު 400 މިލިއަނަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި އެޗްޑީސީން މިކަން ކުރާކަން ހައުސިން މިނިސްޓްރީއަށް އެނގޭތާ ވެސް ފަސް މަސް ދުވަސް ފާއިތުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ކަމުގައި މިނިސްޓްރީން ނުވަތަ ސަރުކާރުން ވެސް ފިޔަވަޅެއް އަޅައިފައިނުވާ ކަމަށް ކުޑޫގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ މިއީ ދައުލަތަށް އެއްވެސް މަންފާއެއް ނުވާ ގޮތަށް، ދައުލަތުގެ އަގުހުރި ބިންތަކެއް ވިއްކައިލައިފައިވާ މައްސަލައަކަށް ވާތީ، އެ ކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށެވެ. އަދި އެކަން ހިނގި ގޮތް ބެލުމަށާއި، އެ ކަމުގައި ޝާމިލުވާ މީހުން ދެނެގަނެ، އެ ކަން އިތުރަށް ހިނގައިދިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމާބެހޭ މުއައްސަސާތަކަށް އެންގުމަށް މަޖިލިސް މެދުވެރިކޮށް މައްސަލަ ބަލައިދިނުމަށް ކުޑޫގެ ސިޓީގައި އެދިވަޑައިގެންފައިވެއެވެ.
އުސޫލުން ބޭރުން 50 ގޯތި ދީފައިވާކަމަށް ބުނެ އެ ކަން ހިނގާދިޔަ ގޮތް ބެލުމަށް މަޖިލީހަށް ހުށަައަޅުއްވާފައިވާއިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު މިރޭ ވަނީ އެކަން ދޮގުކުރަށްވާފައެވެ. ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިނުމުގެ ބާރު އެޗްޑީސީއަށް ނޯންނާނެ ކަމަށާއި އެކަމުގައި އެކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަަށެވެ. އަދި ދައުރުވަމުންދާ ލިޔެކިޔުންތަކަކީ އެޗްޑީސީގެ ޕޯޓަލަށް ހުށައަޅާފައިވާ ރިކުއެސްޓްތަކެއްގެ ވެރިފިކޭޝަނަށް ހުށަހަޅާފައިވާ، އެ ލިޔެކިޔުންތަކަކީ ސައްހަ ލިޔެކިޔުންތަކެއްތޯ ބެލުމަށް އެކުންފުނިން ހައުސިންގ މިނިސްޓްރީއާއި ދެމެދު ކުރެވުނު މުއާމަލާތްތަކުގެ ލިޔެކިޔުންތަކެއް ކަމަށް ފަޒުލް ވިދާޅުވިއެވެެ. ފަޒުލް ވިދާޅުވީ ބިން ދޫކުރުމުގެ މައްސަލައިގައި ޤާނޫނާއި ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އެމައްސަލައިގެ ތަހުޤީޤަށް ފުރިހަމަ އެއްބާލުން ދެއްވާނެ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު