އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ 5 ސިޔާސީ ޕާޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮންނަ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އިލެކްޝަންޝް ކޮމިޝަނުން ބުނިގޮތުގައި އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ 5 ސިޔާސީ ޕާޓީއެކެެވެ. އެ ޕާޓީތަކަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީގެ އިތުރުން
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލެޔަންސް (އެމް.ޑީ.އޭ) އެވެެ.
މެންބަރުން ހަމަވާ ޕާޓީތަކުގެ ތެރޭގައި އުވާލަން ނިންމާފައިވާ ޕީޕީއެމްވެސް ވަނީ ހިމަނާފައެވެ. ނަމަވެސް އެ ޕާޓީ އުވާލުމުގެ އިދާރީ ކަންކަން އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށްގެންދާތީ އެ ޕާޓީއަށް ފައިސާ ދޫނުކުރާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި ބަޖެޓުން ފައިސާ ދިނުމަށް ކަނޑައެޅުއްވި ފަސް ޕާޓީގެ ތެރެއިން ކޮންމެ ޕާޓީއަކަށްވެސް ދޫކުރާނެ ފައިސާގެ އަދަދު ކަނޑައަޅާނީ މިމަހުގެ ނިޔަލަށް ޕާޓީތަކުގައި މެންބަރުން ތިބި ނިސްބަތަށް ބަލައިގެންނެވެެ.
މީގެކުރިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން 0.1 އިންސައްތައާއި 0.2 އިންސައްތަ އާއި ދެމެދުގެ އަދަދެެއް، ނަމަވެސް ޤާނޫނު އިސްލާހުކުރުމަށްފަހު މިހާރު ވަނީ ބަޖެޓުން އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތައާއި 0.2 އިންސައްތަ އާއި ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޫކުރާގޮތަށް ނިންމާފައެވެ.
މިއަހަރަށް ފާސްކުރި ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކޮށްފައިވަނީ 44 މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު