އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލްގެ ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލް ރަޝީދުގެ މައްސަލައިގައި، ކުރަނީ ފޯޖަރީގެ ތުހުމަތު ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިޔާ އަށް މައުލޫމާތު ދެމުން ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މި ތަހުގީގުގައި ބަލަނީ ޑޮކިއުމެންޓު ފޯޖު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. އަދި މި ތަހުގީގަކީ ފުލުހުން އިސްވެ ފަށާފައިވާ ތަހުގީގެއް ކަމަށް ފުލުހުން ބުނެއެވެެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އެޗްޑީސީގެ އެމްޑީ ފަޒުލްގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލްގެ ނަން އޮއްވައި އޭނާއަށް ގޯތީގެ ރަޖިސްޓްރީއެއް ހެދި ކަން ހާމަވީ ޝޯޝަލް މީޑިޔާގައި އާންމުކުރި ލިޔުމަކުންނެެވެ.
ބިންވެރިޔާ ސްކީމުން ފަޒީލަށް ގޯތި ނުލިބޭ ކަމަށް ބުނެ ހައުސިން މިނިސްޓްރީން އެޗްޑީސީއަށް ފޮނުވި ސިޓީއެއް ވަނީ އާންމުވެފައެވެ.
ފުލުހުން ފެށި ތަހުގީގާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) ފިޔަވައި، އެމްޑީ ފަޒުލް ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކުންފުނީގެ ބޯޑު އެއްކޮށް މިހާރު ވަނީ ސަސްޕެންޑު ވެސް ކޮށްފަ އެވެ.
ފުލުހުން މީގެ ކުރިން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީއިން ގޯތިތަކެއް ދީފައިވާކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ފަށާފައިވާކަމަށެވެ. އެމައްސަލަައިގެ ތަހުޤީޤަށް ފުލުހުންގެ ޓީމެއް އެޗްޑީސީ އަށް އިއްޔެ ވަނީ ވަދެފައެވެ. އޭސީސީން ވެސް ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީއިން ގޯތިތަކެއް ދީފައިވާކަމަށް ބެލެވޭ މައްސަލައެއް ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު