ބިންވެރިޔާ ސްކީމްގެ ދަށުން، ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިން ކަމަށް ބުނާ މައްސަލައިގައި، ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދަށް އަދި އެއްވެސް ތުހުމަތެއް މިހާތަނަށް ނުކުރެވޭ ކަމަށް ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން، ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިން ކަމަށް ބުނާ މައްސަލައިގައި ފުލުހުން ހިންގާ ޖިނާޢީ ތަހުޤީޤާއި ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ގޯތީ މައްސަލައިގައި ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދަށް އެއްވެސް ތުހުމަތެެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ތަހުޤީޤު ކުރިއަށްދާ ވަރަކުން މީހަކާއި މެދު ތުހުމަތެއް ކުރެވިއްޖެނަމަ ތުހުމަތު އިއްވައި ބަޔާން ނަގާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ މައްސަލައިގެ ތުހުމަތުވާ މީހުންގެ ޕާސްޕޯޓު ހިފަހައްޓަން ޖެހޭނަމަ އެކަން ވެސް ކުރާނެ ކަމަށާއި، މިހާތަނަށް އެއްވެސް މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައިނުވާ ކަމަށެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ވަނީ ހާމަވެފައެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ބުނީ މި މައްސަލައިގައި ފަޒީލާ ސުވާލުކޮށްފައި ވާނެކަމަށެވެ. އަދި ގޯއްޗަށް ޝަރުތު ހަމަނުވުމުން އެކަމުގެ ޝަކުވާ މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީނާ ކުރެއްވި ކަމަށް ފަޒީލާ ހަވާލާދީ ޝަރީފް ވިދާޅުވިއެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފު އިތުރަށް ވިދާޅުވީ މިހާރު ތަހުގީގުކުރަމުންދާ މައްސަލާގައި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބައެއް ފަރާތްތަކުން ގޯތި ލިބުނުކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅައިގެން އެެ ފަރާތްތަކަށް އެ ބިންތަކުގައި ބައެއް މަސައްކަތްކުރުމުގެ ހުއްދަތައް އެޗްޑީސީން ދޫކޮށްފައިވާ ކަމަށެވެ.
އަދި އެ ލިޔެކިޔުންތަކުގައި މައްސަލައެއް އުޅޭކަން އެޗްޑީސީގެ ސަމާލުކަމަށް އައީ އެއް ބިމަކަށް އެކަކަަށްވުރެ ގިނަ މީހުން ހުއްދަ ހޯދަން އެދި ހުށަހެޅުމުން ކަމަށާއި، އެ މައްސަލަ ފެންމަތިވުމާއެކު އެ ބިންތަކުގައި މަސައްކަތްކުރަން ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުމުގެ ސައްހަކަން ކަށަވަރުކުރަން އެޗްޑީސީން ހައުސިން މިނިސްޓްރީގައި އެދިފައިވާކަމަށް ޝަރީފު ވިދާޅުވި އެވެ.
މިހާތަނަށް އެ މައްސަލައިގެ ތަހުގީގުގައި ސުވާލުކުރެވުނު މީހުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު ބިންވެރިޔާއަށް ކުރިމަތިލުމުން ޝަރުތު ހަމަނުވާކަމަށް ނިންމުމުން، އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ވެރިންނާ ބައްދަލުކޮށް، އެކަމުގެ ޝަކުވާ ކުރިކަމަށް ބުނެފައިވާކަމަށެވެ. އަދި އޭގެތެރެއިން އެކަކަށް ގޯތި ހަމަޖެހުނު ވާހަކަ އެއިރުގެ ވެރިޔަކު ފަހުން އަންގަވާފައިވާކަމަށް ތަހުގީގަށް ކިޔައިދީފައިވާ ކަމަށް ޝަރީފް ވިިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމައްސަލައިގައި ހަ ފަރާތަކާއި ސުވާލުކޮށްފައިވާނެ ކަމަށެވެ.
ފުލުހުން މީގެ ކުރިން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު