ބިންވެރިޔާ ސްކީމުން ގޯތި ހައްގު ނޫން ބަޔަކަށް ގޯތި ދިން ކަމަށް އެޗްޑީސީ އަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާއާ އެ މައްސަލައާ ގުޅުވެން ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެސިޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، މައްސަލައިގެ ތަހުޤީޤަށް އެޗްޑީސީން ހޯދަން އެދިފައިވާ ހުރިހާ މައުލޫމާތެއް ލިބިފައިވާ ކަމަށެވެ. އަދި އެމައްސަލައިގެ ހެކިތަށް ނައްތާލަން އެޗްޑީސީން މަސައްކަތް ކޮށްފައިވާ ކަން ފާހަގަކުރެވިފައިނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހައުސިން މިނިސްޓްރީގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާ އެޗްޑީސީއާ މިހާތަނަށް ގުޅުވޭނެ ހެތްކެއް ނެތް ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއްގައި ޖިނާއީ ތަހުގީގަށް ފުލުހުން ވަނީ އިއްޔެ އެޗްޑީސީ އަށް ވަދެފައެވެ. ފުލުހުންނާއި އޭސީސީން ގުޅިގެން އެމައްސަލައިގެ ތަހުޤީޤު މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު